ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫ ގައި ފަށައިފި އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ޕްރޮގްރާމަކީ ވިޔަފާރީ ކުރުމުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްއެއް ފަށާފައިވަނީ މިއަދު ކަމަށެވެ. ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަ...
މުޙައްމަދު އަފްރާޙް
މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ “ހެލްޕް ޕާކިސްތާން” ޓެލެތޯން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ޕާކިސްތާނާ ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގާތްގުޅުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޕާކިސްތާނ...
މުޙައްމަދު އަފްރާޙް
މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި މިރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށ...
މުޙައްމަދު އަފްރާޙް
އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުން ނެވެ. ހައުސިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ތިމާވެށި ހިމާޔަތް ކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރ...
މުޙައްމަދު އަފްރާޙް
ޖަރުމަނު ބުންޑަސް ލީގުގައި ރޭ ބަޔާން ލެވަކޫސަންއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ބަޔާންގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 19 އަހަރުގެ މިޑްފީލްޑަރ ޖަމާލް މުސިއާލާގެ މޮޅު ކުޅުން މި މެޗުގައި ވެސް […]
އިބްރާހިމް ޚަލީލް
މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުރަޒާއި ގުޅޭގޮތުން ތިލަދުންއަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލް މެންބަރު ހާރިޘާ މުޙައްމަދު ވިދާޅުވެފައި ވަނީ މި މައުރަޒުގައި ދަނޑުވެރިން ހައްދާ ތަކެތި ވިއްކ...
އިބްރާހިމް ޚަލީލް
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ. ބާ ޖަމާލުއްދީން ބިމުގައި އަޅާ މި ދެ ސްކޫލް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ. މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އަޅާ ދެ ސްކޫލް އެޅުމަށް އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 168.5 މިލިއަން ރުފިޔާ އަށް...
މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތެއްގައި ކަމާބެހޭ އިދާރާތަކަށް މަސައްކަތް ނުކުރާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެމްއެންޕީން މިހެން ބުނެފައި މިވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާން ހޯދުމުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާތީ، ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމު...
މުޙައްމަދު އަފްރާޙް
ޕާކިސްތާނަށް އެހީވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިސްލާމިކް އޯގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލައްވައިފި އެވެ. އެފަދައިން ގަވައިލެއްވީ އައިއޯސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިއޯސީސީ ރައީސް، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނަށް ދިމާވެފައިވާ ދަތި ޙާލަތާ ގުޅިން އެހީތެރިވުމަށް ގޮވާލައި އައިއޯސީސީ އިން ބާއްވި ޚާއްޞަ ޕްރެންސް ކޮންފަރެންސް ގ...
މުޙައްމަދު އަފްރާޙް
އެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމު ކުރުމުގައި ހަރަދު ކުޑަކުރަން ތައުލީމާބެހޭ ވުޒާރާއިން ރާއްޖޭގެ މަދަރުސާތަކަށް އަންގައިފިއެވެ. ތައުލީމާބެހޭ ވަޒީރު، ޑރ. އައިޝަތު ޢަލީ ސޮއިކުރައްވާ ސަރުކާރުގެ ހުރިހާ މަދަރުސާތަކުގެ އިސްވެރިންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، މަދަރުސާތަކުން އެކި މުނާސަބަތުތަކާއި ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ގޮތަށް ކުރާ ހޭދައަށް ބޭނުންވާ ފައިސ...
ޔުމްނާ ޢަލީ
ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މުބްތަދާ އަލީ ކިޔާ ޒުވާނެކެވެ. ހިންނަވަރުން ”ތިލަދުން” އަށް މައުލޫމާތުދިން މީހަކު ބުނީ އޭނާ ނިޔާވީ ފުޓްބޯޅަ ކުޅެ ނިމިގެން ފެން ބޯން ހުއްޓާ މެއަށް ތަދެއް އަރައިގެން ވެއްޓުމުން، ނައިފަރަށް ގެންދިޔަ ފަހުން ކަމަށެވެ. މާފުށީ ޖަލުގައި ޑިއުޓީގައި ހުރި ޒުވާން އޮފިސަރަކު ވެސް ރޭ ދަންވަރު ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ. މީގެ އިތުރުން […]
މުޙައްމަދު އަފްރާޙް
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މެޓް އޮފީހުން މިރޭ ބުނީ، ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް […]
އިބްރާހިމް އަސްވާޤް
ކުރީ އަދަދާއި ގުޅޭ “ސާބަސް ޔާނު. އަދިވެސް ބުނާނެ ބިރުވެރި ފިލްމު ބަލާނަމޭ. އެކްޓެއް ކޮށްލީމަ ވާ ވަރު މި ފެނުނީ”. ކުއްލިއަކަށް އެސްފިޔަ ޖަހާލުމާއެކު ޝެލިން ހޭން ފަށައިފިއެވެ. ލިޔާނާއަށް އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ޝެލިން ކުރީ އެކްޓެއް ކަމާމެދު އޭނާއަށް ޝައްކެވެ. އެއީ އެހާ ސީރިޔަސް އަންހެންކުއްޖެއް ނޫނެވެ. ދޮގެއް ހަދާނަމަ އެ މޫނުން ލާނެތް ހިނިތުންވުމެއް ފާޅުވާނެއެވެ. އަމުދުން ލިޔާނާ ކުރިމަތީ އިންދާ އެފަދަ ކަމެއް ކުރުން އެއީ ޝެލިންއަށް ނުވާނޭ […]
މާސާ
ހދ. ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރުކަމަށެވެ. އަޑިއަށް ގޮސްފައިވަނީ ލީން އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗެކެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫ ޕޯސްޓްގެ ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން […]
އިބްރާހިމް އަސްވާޤް
ޕަބްޖީ ކުޅުމަށް އުރީދޫ ޕަބްޖީ ޑޭޓާ ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ. އުރީދޫގެ މި އޮފާގެ ދަށުން އުރީދޫ ޕަބްޖީ ޑޭޓާ ޕެކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވީއާރު ކެފޭއިން ހިލޭ ވީއާރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި އޮފާގައި ބައިވެރިވޭނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮފާގައި ބައިވެރިވާ ފަރާތްތަތުގެ ތެރެއިން ފަސް ބައިވެރިއެއް ހޮވާނެއެވެ. ކޮންމެ މީހަކަށް އެއް ގަޑިއިރު ވީއާރު ކެފޭގައި ހޭދަ ކުރުމުގެ […]
އަޙްމަދު ވަހީދު
އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް (ގާރީ ސަރ) އަކީ އިންޑިޔާގެ ޗެންނާއީ އަށް އުފަން ރައްޔިތެކެވެ. 1997 ވަނަ އަހަރު ރާއްޖެ އައިސް އެންމެ ފުރަތަމަ ޤުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ސްކޫލްގައެވެ. 5 ވަރަކަށް އަހަރު އެރަށުގައި އުޅުމަށްފަހު ކުޅުދުއްފުށީގައި ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. ފާއިތުވި ފަނަރަ ވަރަކަށް އަހަރު ކުރިނބީގެ ދަރިވަރުންނާއި އެ ރަށުގެ ރައްޔިތުންނަށް ޤުރްއާން ކިޔަވައިދެމުގައި އޭނާ ހޭދަކުރައްވާފައިވެއެވެ....
އިބްރާހިމް ޚަލީލް
ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ނމަޝްރޫއުގެ ދަށުން އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ […]
އަޙްމަދު ވަހީދު
މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 14:15 އިން ފެށިގެން 18:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 […]
އިބްރާހިމް އަސްވާޤް