މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ފިރުޒުލް ޙުސައިން ފިރާޒް މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ފިރުޒުލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ މިއަދު ފިނޭންސްގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ. ފިނޭންސް މިނިސްޓީގެ ނައިބުގެ މަގާމާ ފިރުޒުލް ހަވާލުވެވަޑައިގަތީ ޖެނުއަރީ 27، 2019 ގައެވެ. ފިނޭންސް މިނިސްޓްރީގެ ނައިބުގެ މަގާމުން ފިރުޒުލް އިސްތިއުފާދެއްވި ނަމަވެސް ރީޖ...
އަލީ އާދިލް
ގއ. ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީއަކަށް ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި އެވެ. މި ހާދިސާގައި އެ ބިދޭސީ މީހާ ވެއްޓުނީ ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގެ ޓިނު ބަދަލު ކުރަން އުޅުމުގެ ތެރޭގައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭނާއަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އެމީހާއަށް ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުން އަންނައިރު، އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުން ނެވެ. އުމުރުން […]
މުޙައްމަދު އަފްރާޙް
ޔޯގާ މައްސަލައިގާ ފަތުވާ ނުނެރުނީ މައްސަލަ ބޮޑުވާނެކަމަށް ނުބެލެވޭތީ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ 2015 ވަނަ އަހަރު ޔޯގާގެ ހަރަކާތްތައް ސަރުކާރުން ރާއްޖޭގައި ފެށީއްސުރެ، މިހައިތަނަށް ވެސް އެ މައްސަލައަކީ ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ މައްސަލައިގާ ޚިޔާލުތަފާތުވެފައިވީ ނ...
މުޙައްމަދު އަފްރާޙް
60 އަހަރު ކުރިން ދައުލަތުން އަތުލާފައިވާ ބައްތެއްޔެއްގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ. ގދ. ތިނަދޫ މީހަކު ދައުވާކުރީ އޭނާގެ މަންމަ އާއި ދޮންބައްޕަ 1962 ވަނަ އަހަރު ބަދެފައިވާ ބައްތެއްޔެއް ދައުލަތުން ނެގުމަށްފަހު ވިއްކާލާފައިވާތީ އޭގެ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ސިވިލް ކޯޓުން މިދިޔަ ޖުލައި މަހު މައްސަލަ ބޭރުކޮށްލީ އެފަދަ ކަމެއް ހިނގިކަން ނުވަތަ ބައްތެލީގެ މިލްކުވެރިކަން ސާބިތުވެފައި ނެތުމުންނެވެ. އެ މައްސަލަ އެ މީހާ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް […]
ހުސައިން ހަބީބް
ށ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތައް ލާމަރުކަޒީ ގާނޫނަށާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ. ”މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން” ނަމުގައި ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ފެށި މި މަސައްކަތު ބައްދަލުވުމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ”ތިލަދުން” އަށް ވިދާޅުވީ، މި މަސައްކަތު...
ޙުސައިން ޝަހުދީ
ހއ.ކެލާ އިރުމަތި ފަރާތުގައި އަލަށް ހެދި ކުނިކޮށި (ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރ) މިއަދު ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. އަލަށް ހެދި ކުނިކޮށި މިއަދު ބޭނުން ކުރަން ފެށުމާއިއެކު، ކުރިން ބޭނުން ކުރަމުން ދިޔަ ކުނިކޮށްޓައް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުން މިހާރު ވަނީ ކެލާ ކައުންސިލުން މަނާ ކޮށްފައެވެ. ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް ބާވަތެއްގެ އެއްޗެއް މިއަދުން ފެށިގެން ކެލާ ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް ފިޔަވައި އެހެން […]
އިބްރާހިމް ޚަލީލް
ބޮޑުކަންނެލީގެ މަސްވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ސަރުކާރުތައް ވަނީ ނުކުޅެދިފައި ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނެފި އެވެ. އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސިނާއަތް ދުވަހުން ދުވަހަށް ދަށަށް ގޮސް، ނެތިހިނގައިދާނެ ކަމުގެ ބިރު މިހާރުހީވެފައިވާ ކަމަށެވެ. ތެލުގެ އަގު އިންތިހާއަށް ބޮޑުކަމުން ޚަރަދުވަނީ އެތައްތަނަކުން އިތުރުވެފައި ކަމަށާއި މަސްވެރިންނަށް ސަރުކާރުން އުތުރާއި ދެކުނުގައި ކަނޑައަޅާފައިވާ ސަބްސިޑީ ތެޔޮ މާލެ ސަރަ...
މުޙައްމަދު އަފްރާޙް
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. ގޮއިދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ ގޮއިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ”މި މަހު 27 ވަނަ ދު...
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، މިއަދު ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ. އެ ޕާޓީން ބުނީ އެމަނިކުފާނު ކުޑަހުވަދޫއަށް ފުރާވަޑައިގަންނަވާނީ މިއަދު މެންދުރު ކަމަށެވެ. އެމަނިކުފާނުގެމި ދަތުރުފުޅަކީ އެ ރަށުގެ ރައްޔިތުންނާ ގާތުން ބައްދަލު ކުރުމަށާއި ޕާޓީގެ ކަންކަން ފުޅާ ކުރުމަށް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. އެގޮތުން ޕާޓީގެ ހަރަކާތް އިތުރުކުރުމާއި ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައ...
މުޙައްމަދު އަފްރާޙް
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް 2012 ވަނަ އަހަރު ފުރަތަމަ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބްރެޒިލްގެ މިޑްފީލްޑަރ ރަމިރޭސް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. އުމުރުން 35 އަހަރުގެ، ރަމިރޭސް ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔަރ ކުރިކަން އިޢުލާން ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އޭނާ ބުނެފައި ވަނީ ފުޓްބޯޅައިގައި ހޭދަކުރެވުނު ސާދަވަރަކަށް އަހަރުގެ ތެރޭ ގައުމީ ޓީމަށާއި ކުލަބް ލެވެލްގައި ގިނަ ކަން...
އިބްރާހިމް ޚަލީލް
އޮރިޔާންކާޑު ހެދުމުގެ 40 ދައުވާއަށް އިއުތިރާފްވެފައިވާ އަލަމްގީރް ގެ މައްޗަށް ހުކުމް ކުރުން މިއަދު ހަވީރު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ. އެ މައްސަލައިގެ ހުކުމް އިއްވުން ތާވަލްކޮށްފައިވަނީ މިއަދު 15:00 އަށެވެ. ނަމަވެސް މި އަޑުއެހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރު މަޖިލީހެއްގެ ގޮތުގަ އެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށްވާ އަލަމްގީރް ގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އިއުތިރާފްވެފައިވާތީ ޕީޖީ އޮފީހުގެ މީޑިއާ އޮފ...
މުޙައްމަދު އަފްރާޙް
ގދ. މަޑަވެލީ، ޓީއެސް ލައިން ދޯނިން އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ހަދާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ ކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް 57.152 ޓަނު މަސްކިރުވައި، އެއްދުވަހެއްގެ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑު ގދ. މަޑަވެލީގެ ޓީއެސް ލައިން ދޯނިން ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިސްމާއީލް ފައުޒީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދެކުނުގެ މޫސުން އެންމެ […]
ޔުމްނާ ޢަލީ
2024 ވަނަ އަހަރު ނިމެންވާއިރަށް އޮސްޓްރޭލިއާގައި ގެންގުޅޭ ބަކައްޓާއި ކަންބަޅީގައި އިލެކްޓްރޯނިކް ޓެގު އަޅުވައި ނިންމަން އަންގައިފި އެވެ. އެ މަސައްކަތަށް މުއްދަތެއް ކަނޑައަޅަން ޖެހޭކަމަށް ނިންމީ އެ ގައުމުގެ އެގްރިކަލްޗަރަލް މިނިސްޓަރު މިމަހުގެ ކުރީ ކޮޅު ބޭއްވި ބައްދަލުވުމެއްގައި އެވެ. ވަކި މުއްދަތެއް ކަނޑައެޅި އިރު މިހާރުވެސް އެ ގައުމުގެ ސްޓޭޓްތަކުގެ ތެރެއިން ވިކްޓޯރިއާ ފިޔަވާ އެހެން ސަރަހައްދުތަކުގައި ގެރީގެ ބާވަތްތަކުގައި ޓެގު އެޅުވުމަކީ މަޖުބޫރު ކަމެކެވެ، ވިކްޓޯރިއާ މަޖުބޫރު ކުރަން ނިންމާފައިވ...
މުޙައްމަދު ވަސީމް
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ދެކޮޅަށް އެ ގައުމުގައި ބަޣާވާތެއް ހިންގި ކަމަށް ބުނެ އަޑުފެތުރު ފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ރައީސް ޝީ އެންމެ ފަހުން ވަޑައިގެންނެވީ މިމަހުގެ މެދު ތެރޭގައި އޮތް ސެންޓްރަލް އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ ސަމިޓަށެވެ. އުޒްބަކިސްތާނުގައި އޮތް އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން ހުންނެވީ ގޭ ބަންދުކޮށްފައި ކަމަށްވަނީ އަޑުފެތުރިފަ އެވެ. އޭގެ ފަހުން އިއްޔެ […]
މުޙައްމަދު ވަސީމް
ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް މެދު ކެނޑުނަ ނުދިނުމަށާއި، ޞިއްޙީ ޚިދުމަތްތައް ވެސް އިތުރަށް ތަރައްޤީ ކުރުމަށް ޙާއްޞަ އިސްކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާއި އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންމާ ގުޅޭ ގޮތުން ކައުންސިލް މެންބަރުންނާއި ޚިޔާލު ބަދަލު...
މުޙައްމަދު އަފްރާޙް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ “ޑްރީމް ޕްރޮޖެކްޓް” އެއް ކަމަށާއި އެ ޕްރޮޖެކްޓުން ތަރައްގީގެ އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދާޅުވީ އާރުޓީއެލްގެ ފެރީގެ ނިޒާމުން ބޮޑު ތިލަދުންމަތި ގުޅާލުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އާޒިމް ވިދާޅުވީ އާރުޓީއެލްގެ މުޅި ޕްރޮޖެކްޓް އެއްކޮށް ނިމިގެންދާއިރު އ...
އަޙްމަދު ވަހީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މާލެ ވަޑައިގެންފި އެވެ. ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގެންނެވި އެވެ. ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޙާއްޞަ ޙަރަކާތްތަކުގައި ބައި...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޔޮޓު ރެލީ ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަނަށް އާރުކާޓީން ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުއެވެ. މި ދަތުރުގެ އާރުކާޓީންނަކީ ލޯކަލް ޓުއަ ގައިޑުންނެވެ. އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ކުރިއަށް ގެންދާ އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށީ ފަތުރުވެރިކަ...
އަޙްމަދު ވަހީދު