ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާއި އެއްގޮތަށް މިދައުރު ނިމުމުގެ ކުރިން ފްލެޓާއި ގޯތި ދެވޭނެކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ދެއްވައިފިއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި، ގޯތި ދިނުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މިހާރު މަސައްކަތް ކުރިއަށްދާގޮތުން ބައެއް ފްލެޓްތަކުގެ މަސައްކަތް އެކީގަ...
މުޙައްމަދު އަފްރާޙް
ސްޓެލްކޯގެ މަސައްކަތް ހަރުދަނާ ކުރުމަށް މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ޚާއްސަ ޓީމެއް އެކުލަވާލައި، މަސައްކަތް ފަށައިފިއެވެ. އެ ކުންފުނިން ބުނީ މިއީ ހޫނު މޫސުމާ ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި ޓީމެއް ކަމަށެވެ. މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަވެ، ރެކޯޑް މިންވަރަކަށް ކަރަންޓު އުފައްދަންޖެހިފައިވ...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗުގައި، ޖިރޯނާގެ ފޯވާޑް ކަސްޓެޔާނޯސް ރެއާލް ކޮޅަށް ހަތަރު ލަނޑުޖަހައިފިއެވެ. ރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޖިރޯނާއިން ރެއާލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. ރޭއާލްގެ އެޓޭކް ހުއްޓުވުމުގައި ރޭ ޖިރޯނާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުންވަނީ ކައުންޓަ އެޓޭކްގައި ތަނަވަސްވީ ފުރުޞަތު ތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފާފައެވެ. މި މެޗުގައި ރެއާލް ކޮޅަށް ޖެހި ހަތަރު ލަނޑު […]
އިބްރާހިމް ޚަލީލް
މެދުރާއްޖެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާ އިން މިހެން ބުނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ. އެ ބުލެޓިންގަި ބުނެފައިވަނީ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. “ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި […...
މުޙައްމަދު އަފްރާޙް
ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލެވެ. މި ސަރަޙައްދުގެ ގިނަ ރަށްތަކަކާއި ޤައުމުތަކެއް ޕޯޗްގީޒުން އޭރު ތިބީ އަޅުވެތިކޮށްގެންނެވެ. ރާއްޖެއަށް ޕޯޗްގީޒުންގެ ލަޝްކަރު އައީ އިންޑިއާގެ ގޯވާއިންނެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ ހިފީ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު މީލާދީން 1558 ވަނަ އަހަރުއެވެ. ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަން ކުރެއްވީ 1573 ވަނަ އަހަރުއެވެ. ބޮޑުތ...
ޢަބްދުﷲ ސަޢީދު
އިޖުތިމާއީ އާއްމު ޒިންމާގެ ދަށުން ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މިގޮތަށް މުޖުތަމައަށް އެހީވުމުގެ ގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ކުންފުންޏަކީ އުރީދޫ މޯލްޑިވްސްއެވެ. އެ ކުންފުނިން މުޅި އަހަރުގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް ހިންގާއިރު މިއަހަރުގެ ރަމަޟާން މަހުގައި ވެސް އެ ކުންފުނީގެ ފަރާތުން ނަމޫނާ އެތައް ކަމެއް ވަނީ ފެނިގެން ގޮސްފައެވެ. ރޯދަ މަހު އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު ގިނަ އޮފާތައް ކުރިއަށްގެންގޮސްފައިވާއިރު...
އަޙްމަދު ވަހީދު
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގައެވެ. މަރުޙޫމް މޭޖަރ ޢަލީ ސަލީމަކީ އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކެވެ. ޚާއްޞަކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި ފަޔަރ ފައިޓަރުން ތަމްރީން ކުރުމަށް ގިނަގުނަ ޚިދުމަ...
މުޙައްމަދު އަފްރާޙް
އައު ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބޭނުންވާ ބިން ހޯދުމަށް މާލޭ ސިޓީ ކައުންސިލާ އެކު މަޝްވަރާކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ‘ފަލަ ސުރުޚީ’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މާލޭގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ބިންތައް ލިބޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށެވެ. އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އޭރު އެދި...
މުޙައްމަދު އަފްރާޙް
ވެމްކޯއިން ބިންލައިނާ ނުވަތަ ކުނި އުކާލުމަަށް ބޭނުން ކުރާ ކޮތަޅު ވިއްކާ އަގުތައް އާއްމުކޮށްފިއެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގަން ވަނީ ފަށައިފައެވ. ނަމަވެސް މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނާ” އިން ފީ […]
އަޙްމަދު ވަހީދު
ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީއަށް އާބަންކޯއިން ހުޅުމާލެއިން ބިމެއް ދީފިއެވެ. ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ޔޫތު މިނިސްޓްރީއާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އާބަންކޯއިން ބުނީ ހުޅުމާލެއަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރިކްރިއޭޝަން ހަރަކާތް...
އަޙްމަދު ވަހީދު
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ‘ތިލަދުން’ އަށް ބުނީ އެ މަސައްކަތްކުރާ ކުންފުނި، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ މުވައްޒަފުންގެ މެދުގައި ތަފާތުއެކި މައްސަލަތައް ޖެހެމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ގާތްގަޑަކަށް 500 އެއްހާ އިންޑިއާ މީހުން މަސައްކަތްކުރަމުން އަންނަ އެ ސައިޓުގައި މަސައްކަތުގެ ވަގުތާއި، ކެއުމަށް ހުންނަ ތަކެތީގެ މައްސަލާގައި ނުރުހި މީގެ...
މުޙައްމަދު އަފްރާޙް
ޓީޗީން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ނިންމާފައި އޮތްއޮތުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެމްކިއުއޭއިން މިދިޔަ އަހަރު ހެދި އީ ލާނިން ގައިޑްލައިން އޮތްގޮތް އަށް ދާއިރާއެއްގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވެ އެވެ. އެ ގައިޑްލައިންގެ އެ މާއްދާ ގާނޫނާ ހިލާފް ކަމަށް ބުނެ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިންނެވެ. އެ މައްސަލަ […]
ހުސައިން ހަބީބް
ތިލަމާލޭ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ މައާފު ނުކޮށްދޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެ ތަހުގީގުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް ފަރަށް ލިބުނު ގެއްލުމަށް ކޮށްފައިވާ ޖޫރިމަނާ މައާފު ކުރުމުގެ ވިސްނުން […]
މުޙައްމަދު އަފްރާޙް
ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެެސް) އިން ބާއްވާ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. އެ ޖަމިއްޔާއިން ‘ތިލަދުން’ އަށް ބުނީ މިއީ އެ އަތޮޅުގެ ހުރިހައި ރަށަކަށް ހުޅުވާލައިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ 15 އަށް ހުޅުވާލާފައިވާއިރު، މުބާރާތް ކުރިއަށްދާނީ ޖޫން އަދި ޖުލައި މަހު ކަމަށް ވެސް ބުނެއެވެ. އަދި އަންހެން ޑިވިޜަންގެ ކުޅުން ޖޫން […]
މުޙައްމަދު އަފްރާޙް
މި އަހަރުގެ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާން މިއަދު ފަށައިފިއެވެ. މި އިމްތިހާނުގައި ފަށާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ. ރާއްޖޭގައި ޖުމުލަ 244 ސެންޓަރެއްގައި ކުރިއަށްދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް މާއްދާގެ ޕޭޕަރެވެ. މި އަހަރުގެ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވާއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރު އަދަދެކެވެ. އޯލެވެލް އިމްތިޙާން ނިމޭނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ. އެސްއެސްސީ އިމްތިހާނަށް ފަހު، ކެމްބްރިޖް […]
މުޙައްމަދު އަފްރާޙް
ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރެއްވި އާދަމް މޫސާ، މ. އޯޝަން ރީޑު/މާލެ، (ބުޗާގޭ ދޮންމަނިކު) އަވަހާރަވެއްޖެއެވެ. ބުޗާގޭ ދޮންމަނިކު އަވަހާރަވިކަން އޭނާގެ ދަރިކަނބަލުން ކުރީގެ ވަޒީރު، އިރުތިޝާމް އާދަމް ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ 25 އޭޕްރިލް 2023ގައި އޮސްޓްރޭލިއާގައި، އެތަނުގެ ގަޑިން 4:45 ގައި ކަމަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. ސަރުކާރުގެ އިސް މަގާމުތަކެއް ދިގ...
ޔުމްނާ ޢަލީ
ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަނޑުގެ ސަރަހައްދު ބަހަން މޮރިޝަސް އަށް ވެސް ރާއްޖެއަށް ވެސް ވަކާލާތެއް ނުކުރެވޭކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު ޢީސާ ވިދާޅުވެއްޖެއެވެ. ޢީސަ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 34 ވަނަ ޖަލްސާއަށް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި “ސަރުކާރުން ހެދި ޑީލް” ހާމަ ކުރުމަށާއި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހެޅި […]
ޔުމްނާ ޢަލީ
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޓޭންޑް ވަގުތުއޮއްވައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ ހާމަކުރައްވާފައިކަމަށް އެ ޕާޓީގެ ނައިބު ލީޑަރު ޢަލީ ޝާހް ވިދާޅުވެއްޖެއެވެ. މި މައްސަލައާއިގުޅިގެން ޖޭޕީގެ ލީޑަރު، މާމިނގިލީދާއިރާގެ މެންބަރު ގާސިމް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވާހަކަ ދައްކަވާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވަމުން ސާހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ޖޭޕީގެ ސްޓޭންޑް، ލީޑަރު ގާސިމް ވަނީ ވަގުތު އޮއްވައި ސާފުކޮށ...
ޔުމްނާ ޢަލީ