އަލްބުރޫޖް ޖަމާޢަތުގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ. އަލްބުރޫޖް ޖަމާޢަތުން ބުނި ގޮތުގައި އެ ޖަމާއަތުގެ ޙަވާލުގައި މި އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސްހުރި، މުޙައްމަދު ޒަކީ (83 އަހަރު)، ގއ. ކޮލަމާފުށީ/ގަސްދޮށުގެ، ވަނީ 25 އޭޕްރީލް 2023 ވިލޭރޭ މައްކާ ގަޑިން 12 ޖަހާ ކަންހާއިރު ނިޔާވެފަވެއެވެ. އަލްމަރްޙޫމް މުޙައްމަދު ޒަކީ ނިޔާވެފައިވަނީ މަދީނާ ޒިޔާރަތުގައި 2 ދުވަސް ހޭދަކުރުމަށްފަހު މިދަތުރުގައި އިތުރު ޢުމުރާއެއް ކުރުމަށް މަދީނާގެ މީޤާތު ޛުލް […]
ޔުމްނާ ޢަލީ
ވ. ކެޔޮދޫ މިސްކިތުގައި ހުންނަ ހަތިމުތައް ވީދާލި މައްސަލަ ފެންމަތިވެފައި ވަނިކޮށް އެރަށު މިސްކިތުގެ މައި ދޮރުގެ ބިއްލޫރި ގަނޑު ރޭ ތަޅާލައިފިއެވެ. ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް ދެ ފަހަރެއްގެ މަތިން މިހާރު ވަނީ ވީދާލައިފަ އެވެ. ފުރަތަމަ މިކަންކޮށްފައި ވަނީ މިދިޔަ އަހަރުގެ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެފަހަރު 10 ހަތިމަކަށް ގެއްލުންދީފައިވާއިރު، އެ މިސްކިތުގައި ހުރި ހަތިމުތަކެއް ވީދާލި މައްސަލަ އެއް އަނެއްކާ ވެސް ވަނީ ފެންމަތިވެފައެވެ. މިފަހަރު މިކަންކޮށްފައި ވަނީ […]
ޔުމްނާ ޢަލީ
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސްކޭޓް ޕާކެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ފަދަ ކުޅިވަރުތަކަށް ޔޫތު މިނިސްޓްރީގެ އެއްބާރުލުން ކުޑަކަން ފާހަގަކޮށް ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުޙައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ހަނިމާދޫ ސްކޫލްގެ ކުރިމައްޗަށް އޮންނަ ނިކަގަސް މަގުގެ ދެކުނު ފަރާތުގައި ހަނިމާދޫ ކައުންސިލުން ޚަރަދު ކޮށްގެން ސްކޭޓް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނިއިރު، އެތަނުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިން...
އިބްރާހިމް ޚަލީލް
ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ. ކަސްޓަމްސް އިން މިއަދު ވިދާޅުވީ މިތަކެތި އަތުލައިގަތީ އޭޕްރިލް 15 ވަނަ ދުވަހު ކްރިއަރ ސާވިސް މެދުވެރިކޮށް އިނގިރޭސި ވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ޕެކޭޖުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެެއްގެ އެއްޗެއް ހުރުމުން ކަސްޓަމްސް އިންވަނީ އެ ޕެކޭޖް އިތުރަށް ބަލައިފާސްކޮށްފައެވެ. މިގޮތައް ބަލައި ފާސްކުރ...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ ރަނގަޅު ފެންވަރަށް ތަރައްގީކޮށް ނިމިފައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 44,296.90 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18,871.16 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާ...
އަޙްމަދު ވަހީދު
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމާއި ޕީކް ލޯޑަކާއި ގުޅުމެއް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ. މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުމާއި ގުޅުގެން ސްޓެލްކޯ އިން ބުނީ އެ ކުންފުނީގައި 120 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކެޕޭސިޓީ މިވަގުތު އެބަހުރި ކަމަށެވެ. މީގެ އިތުރުން އިރާދަކުރެއްވިއްޔާ ޖެނެރޭޓިންގ ކެޕޭސިޓީ ނެތިގެން އެއްވެސް މައްސަލައެއް ދިމައެއް ނުވާނެ ކަމަށެވެ. މާލެ ސަރަހައްދުގެ ކަރަންޓު ދޭތެރެދޭތެރެއިން ކެނޑި، އާންމުންނަށް އެކަމުގެ ދަތިތައް ކުރިމަތިވާތީ ސްޓ...
މުޙައްމަދު އަފްރާޙް
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް، މ. ލޭންޑްއޮފްގާރޑްން، އަލްއުސްތާޛާ ފާޠިމަތު ޝިރުވީން ޢައްޔަންކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މި ބޯޑަށް، އޭނާ އައްޔަން ކުރެއްވީ އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެމަތިންނެވެ. މި މަގާމަށް ޝިރުވީން އައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކ...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ހުޅުވާލުމާއެކު ޔާމީންގެ ކެނޑިޑެންސީ ފައިލް ކުރެވޭނެ ކަމަށެވެ. އެއާއެކު 48 ގަޑިއިރު...
މުޙައްމަދު އަފްރާޙް
މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:10 ހާއިރު ސްޓެލްކޯގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މިއާއެކު، ހުރިހާ ފަރާތްތަކުން ވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަނއްކާ ވެސް […]
މުޙައްމަދު އަފްރާޙް
ފަރުކޮޅު ފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނި ހުޅުމާލޭ ފޭސް 2 ފަރުކޮޅު ފުށީގައި ހުރި ބާ އިމާރާތެއްގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 5:07 ހާއިރު ކަމަށާއި އަލިފާން ރޯވީ، ނާސަރީއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތެއްގައި ކަމަށް ވެސް ބުނެއެވެ. އެ އިދާރާ އިން އިތުރަށް ބުނީ މި އަލިފާން މިހާރުވަނީ ކޮންޓްރޯލްކޮށްފައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީިހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި […]
މުޙައްމަދު އަފްރާޙް
ޒުވާން ޖީލަށް އަމާޒުކޮށްގެން އިސްލާމީ ކޮންޓެންޓު އުފެއްދުމުގެ މަގުސަދުގައި އުފެއްދި ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ “ހަލާލް ޖެނެރޭޝަން ޕްރޮޑަކްޝަންސް” ގެ ފުރަތަމަ މަދަހަ އަލްބަމް “ތަޢުބާ” އިން ޒުވާނުންނަށް ވަރުގަދަ މެސެޖެއް ދީފި އެވެ. މި އަލްބަމްގެ މަދަހަތައް ރިލީޒް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ “ތިލަދުން”ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ. ތިލަދުން މީޑިއާ ގުރޫޕާއި ގުޅިގެން ނެރުނު މި މަދަހަ އަލްބަމުގައި ޖުމްލަ ތިން މަދަހައެއް ހިމެނެއެވެ. މި އަލްބަމަކީ ޒުވާން ފަންނާނުންތަކެއްގެ ހުނަރު […...
އިބްރާހިމް ޚަލީލް
މަޖިލީހަށް ވެދެވަޑައިގެންނެވީ މާ ރީތި ގޮނޑިއެއްގައި އިންނަވަން ނޫން ކަމަށާއި އަބަދުވެސް ދެމި ހުންނަވާނީ ކެމްޕޭނުގައި ވީ ވައުދާ އެއްގޮތަށް މަސައްކަތް ކުރެއްވުމުގައި ކަމަށް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހީމް ޝާޒް ވިދާޅުވެއްޖެއެވެ. މެމްބަރުކަމުގެ ހުވައިކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މީޑިއާއަށް ދެއްވި އިންޓަރވިއުގައި ޝާޒު ވިދާޅުވީ ހަމައެކަނި ގުޅި، ގުރައިދޫ، މާފުށީގެ ރައްޔިތުންނަށް ލާބައާއި މަންފާއާއި އެބޭފުޅުންގެ ހުރި އުއްމީދުތައް ހާސިލްކުރުމަށް މިއީ ކުޑަ މުއ...
މުޙައްމަދު އަފްރާޙް
ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މު މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 18 އޭޕްރީލް 2023 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ. އަދި ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […]
އަޙްމަދު ވަހީދު
ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށީ ޕްލާސްޓިކް ނޫން ގޮތެއް ބޭނުންވާތީ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެކަމަނާ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅަކީ ބައެއް ހާލަތްތަކުގައި ބޭނުންކުރަންޖެހޭ އެއްޗެއްކަމުގައިވާތީ މުޅިން އެތެރެކުރުން ހުއްޓާލުމުގެ ބަދަލުގައި އެއަށް އަގެއް ނަގަން ފެށްޓެވީކަމަށެވެ. ޕްލާސްޓިކް ކޮތަޅުން ނަންގަވަން...
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބާސާއިން ލީޑު ދަމަހައްޓައިފިއެވެ. ރޭ ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް ރެއާލް މްޑްރިޑް، ހޮނިހިރު ދުވަހުގެ ރޭ ސެލްޓަ ވީގޯއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އަށް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައި ވަނިކޮށް ރޭ ބާސާއިން ވަނީ އެތުލެޓިކޯ ބަލިކޮށް ތިން […]
އިބްރާހިމް ޚަލީލް
ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިމަކާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއާޕޯޓް ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައް ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮ...
އަޙްމަދު ވަހީދު
ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސްކުރަން ފާސްކޮށްފިއެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭ ފަދަ ގޮތަށް ސަރުކާރުން މޮރިޝަސް އަށް ފޮނުއްވި ސިޓީ ރައްޔިތުންނަށް ހާމަ ކުރުމަށް ވަނީ ގޮވައިލާފައެވެ. އަދި ރާއްޖޭގެ ސަރަަހައްދެއް ވިއްކާލުމަށް “ޑީލް” ހަދާފައިވާ މައްސަލައާ މެދު ސަރުކާރާ މެ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ އިބްރާހިމް ޝާޒު ކުރައްވައިފިއެވެ. އޭނާ މެމްނަރުކަމުގެ ހުވާ ކުރައްވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝާޒަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫންއެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ޙާޟިރުގައި މެންބަރުކަމުގެ ހުވާ ޝާޒް ކުރެއްވުމަށްފަހު، ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. ޖަލްސާ ފަ...
މުޙައްމަދު އަފްރާޙް