އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމާއި ނިއުކާސަލް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިންވަނައަށް ނިއުކާސަލް ޖެހިލައިފިއެވެ. މިރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ނިއުކާސަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ 21 މިނެޓްގެ ތެރޭ ފަސް ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ޖަކޮބް މާފީ ކާމިޔާބު […]
އިބްރާހިމް ޚަލީލް
އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އަދި އިތުރު ވަގުތުގެ ދެ ހާފް ކުޅެ ނިމުނު އިރު ވެސް އޮތީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ. ވުމާއިއެކު ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީގައި ޔުނައިޓެޑުން ކުރި ހޯދީ 7-6 […]
އިބްރާހިމް ޚަލީލް
ދެކުނުގެ ރަށެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އެ އިދާރާއިން ބުނީ ސައުތު ޕޮލިސް ޑިވިޜަން (ގއ. ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ގައި ހިމެނޭ އަތޮޅެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުކޮށްފައިވަނީ ރޭ 11:02 ހާއިރު ކަމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން […]
މުޙައްމަދު އަފްރާޙް
ކުނި އެޅުމަށް ބޭނުން ކުރާ ކޮތަޅު ނުވަތަ ބިން ލައިނާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނުން 18 އޭޕްރީލް 2023 އިން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި 2 ރުފިޔާ ނަގާގޮތަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް […]
އަޙްމަދު ވަހީދު
ކުރީގެ އަދަދާއިގުޅޭ، ” ޒައިންއަށް ގުޅާފަ ބުނޭ ބައްޕަ ބުންޏޭ މިކޮޓަރިއަށް ހަމަ މިހާރު އަންނާށޭ! ” ފަހުމީ ތަންކޮޅެއް ހަރުކަށިކޮށް އެހެން ބުނުމުން އަމީރާ އަވަސް އަވަހަށް ޒައިންއަށް ގުޅިއެވެ. ” ދެން ފަހުމީ ޒައިންގާތު ކީކޭ ކިޔަންތަ ތިއުޅެނީ؟ ” އެނދުމަތީގައި އިށީނދެލަމުން އަމީރާ އަހާލިއެވެ. އޭރުވެސް ފަހުމީ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލިގޮތަށް ދެއަތް އުރާލައިގެން އޭނާ ހަމަ އިނީއެވެ. މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުމެވެ. ” […]
ސަލާމާ ޢަބްދުލް ޢަލީމް
ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ދިނުމަށް ފާސްކޮށްފިއެވެ. އެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ލަފާދީފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ދިރާސާކުރުމަށް ފަހުއެވެ. އެ ގަރާރުގައި ވަނީ އާސަންދަ އާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހިންނަށް ހަމަހަމަކަމާ އެކު ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ދޭން ޖެހޭނެ ކަމަށް އޮތް ނަމަވެސް،...
މުޙައްމަދު އަފްރާޙް
އިންތިހާބަކާއި ނުލާ ތިން ރަށެއްގެ ޑަބްލިއުޑީސީ އަށް މެމްބަރުން ހޮވިއްޖެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ ޖޫން މަހު ބާއްވަން ތާވާލުކޮށްފައިވާ ބައި-އިލެކްޝަންގެ ކުރިން އިންތިހާބަކާއި ނުލާ ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވި މެންބަރުން ހޮވިފައިވާ ކަމަށެވެ. އެއީ ށ. މާއުނގޫދޫ، ރ. މީދޫ އަދި ގދ. ވާދޫ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ހޮވިފައިވަނީ ޕީޕީއެމްގ...
މުޙައްމަދު އަފްރާޙް
މިއަދަކީ ވެސް ހޫނުގަދަ ދުވަހެއް ކަމުގައިވާތީ، ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ހާމަކޮށްފައިވާ ޑާޓާއިން ދައްކާގޮތުގައި ހަނިމާދޫގެ ހޫނުމިން 33.4 ގައި ހުރިއިރު، އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 43.9 ގައެވެ. އަދި ހުޅުލޭގައި ހޫނުމިން 32.5 ގައި ހުންނައިރު، އިހްސާސް ކުރެވޭ ހޫނުމިން 43.1 ގައި ކަމަށާއި ކައްދޫގައި ހޫނުމިން ހުންނާނީ 32.5 ގައި ކަމަށް ދައްކާއިރު، އިހްސާސް ކުރެވޭ ހޫނުމިން 42.3 ކަމަށް ވަނީ ބުނެފައެވެ. […]
މުޙައްމަދު އަފްރާޙް
މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ޗެންޕިއަންކަން، އެންމެ ފަހުންވެސް މިތަށި ކާމިޔާބުކުރި، ޓީމް ބިއުޓީސް ހޯދައިފިއެވެ. އެ ޓީމުން މިތަށި ރޭ އުފުލާލީ، ޓީމް މަންފާގެ މައްޗަށް ކުރިހޯދައި ފަސޭހަކަމާއެކު އެއްވެސް އުނދަގޫކަމެއްނެތި ސީދާ ތިންސެޓުން ކާމިޔާބުކޮށް ގެންނެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުގެ ދެކުޅުންތެރިން ހިމެނިދާނެކަމަށް މުބާރާތުގެ ޤަވާއިދުގައިވާ ބުނެފައިވުމުން، ރޭ ކުޅުނު ދެޓީމުގައިވެސް ރަށުން ބޭރުގެ އަދި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ވަނީ...
މުޙައްމަދު އަފްރާޙް
ހދ.ކުޅުދުއްފުށީ ކުލަބް ކޮރަސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި” ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް 2023″ ގެ ޗެމްޕިއަންކަން އެސްޓީއޯ އިން ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ އޮފީސްތަކަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައި ވަނީ އިއްޔެއެވެ. އަންހެން ޓީމްތަކަށާއި ފިރިހެން ޓީމްތަކުގެ އިތުރުން ދެ ޖިންސް އެއްކޮށް ވެސް ޓީމް ހެދުމުގެ ފުރުޞަތު ދިން މި މުބާރާތުގައި ޖުމްލަ 25 ޓީމް މިއަހަރު ވަނީ ވާދަކޮށްފައެވެ. ޖުމްލަ 137.1 ކިލޯ މަސް […]
އިބްރާހިމް ޚަލީލް
ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެއެވެ. އާބަންކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން މިމައްސަލަ ހައްލުކުރުމަށް މެރިން ޕޮލިސްއިން މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ވަނީ ބުނެފައެވެ. ހުޅުމާލޭ ފަޅަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު އަޅާފައި އޮންނަތަކެކެވެ. އެގޮތުން ގިނަ އަދަދެއްގެ ސަފާރީ އާއި އޮޑިދޯނިފަހަރު...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފިއެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއަރޕޯޓުގެ ކޮންސެޕްޓް ޑްރޯވިންގ، ހައުސިންގ މިނިސްޓްރީން އެ ކައުންސިލަށް ފޮނުވާފައިވަނީ އެންމެފަހުން ރަސްމީ މަސައްކަތް ކުރި ދުވަސް ކަމަށްވާ ފިތުރު އީދު ދުވަހުގެ ކުރީދުވަހު ކަމަށެވެ. “އަޅުގަނޑުމެންނަށް ކޮންސެޕްޓް ޑްރޯވިން ވަނީ މިނިސްޓްރީން ފޮނުވާފަ. އެއީ އެންމެފަހު ރަސްމީ މަސައްކަތު ދުވަހު. މިހާރު...
މުޙައްމަދު އަފްރާޙް
ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ފެށި މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މަހްލޫފު ވިދާޅުވީ މާލޭގައި ގައުމީ ބިލިއާޑް ސެންޓަރު ތަރައްގީކުރެވުނު ދުވަހު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މުބާރާތް ބޭއްވޭނެ ދުވަހެއް ކަމަށާއި، މިއަދު އެކަން ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ. “މިތަން ހުޅުވުނުރޭ އަޅުގަނޑު...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށާއި ބިލް ފާސްކުރަމުން ދަނީ ސަރުކާރުން ބުނާ ގޮތަކަށް ކަމަށް ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅުގެ އަގަށް އައި ބަދަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހަށް އަމާޒުކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. މޮސްޓާގެ ޓްވީޓުގައިި ވިދާޅުވީ އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، ރައީސް ގަރާރެއް ނެރުއްވައިގެން ވެސް ކޮތަޅުގެ އަގަށް ގެނައި ބަދަލު ހައްލުލުރެވޭނެ...
މުޙައްމަދު އަފްރާޙް
ހދ. ހަނިމާދޫ “ކެތިއަރާ މަސްރޭސް 2023” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމުން ހޯދައިފިއެވެ. ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. ޢީދު ދުވަހު އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު އިއްޔެ ފިރިހެން ކެޓަގަރީގެ މަސް ރޭސް ވަނީ ބާއްވާފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން 118.4 ކިލޯ މަސް ބާނައިގެން ޓީމް ރަނޑުލަކި ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ 93.5 ކިލޯ މަސް ބޭނި […]
އިބްރާހިމް ޚަލީލް
ކްރިމިނަލް ކޯޓުގެ ގާޟީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓައަރ ކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ ގާޟީ ހަސަން ސައީދު ރިޓައަރ ކުރައްވަން ނިންމެވީ މާރިޗު 20 ގައި ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެއީ އޭނާގެ އެދިވަޑައިގަތުމާވެސް އެކު އުމުރުން 55 އަހަރު ވެފައިވުމާއި ގުޅިގެން ކަމަށެވެ. ފަނޑިޔާރެއްގެ ގޮތުގައި 21 އަހަރު މަސައްކަތް ކުރައްވާފައިވާ ހަސަން ސައީދު ރިޓައަރ ކުރެއްވީ މިއަދުން ފެށިންނެވެ. އޭނާ […]
މުޙައްމަދު އަފްރާޙް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 30 މެޗުން ލިބުނު 65 ޕޮއިންޓާއި އެކުގައެވެ. ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ރެއާލުން ފަރަގު އަށް […]
އިބްރާހިމް ޚަލީލް
ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް ކަމުގައިވާ އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ވެސް މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އެކަމަށް 1 ހެކްޓަރުގެ ބިން އެރަށުން ހޯދަން ސަރުކާރ...
ޙުސައިން ޝަހުދީ