މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,472 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1063 ވަނަ ޞަފްޙާ

''ސްޓެލްކޯގެ ޢީދު މަލާފަތް''، ސުފުރާމަތި ޕޯސްޓްކޮށްގެން އިނާމު ހޯދުމުގެ ފުރުސަތެއް

''ސްޓެލްކޯގެ ޢީދު މަލާފަތް''، ސުފުރާމަތި ޕޯސްޓްކޮށްގެން އިނާމު ހޯދުމުގެ ފުރުސަތެއް

އީދު މަލާފަތް ނަމުގައި ސްޓެލްކޯ އިން ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއީ އީދު ދުވަހު ސުފުރާ މަތީގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ. އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕޯސްޓު ކުރާއިރު، #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންވާނެ ކަމަށެވެ. އެ ޕޯސްޓް ޝެއަރ ކުރާ އިރު، ޕޯސްޓްކުރާ ފޮޓޯގެ ޕްރައިވެސީ ސެޓިންގ ހުންނަން ވާނީ “ޕަބްލިކް” ގައި ކަމަށާއި ފޮޓޯ ޕޯސްޓް ކުރެވޭނީ ފިތުރު އީދު ދުވަހުގެ ރޭގަނޑު 11:59 […]

މުޙައްމަދު އަފްރާޙް
މާދަމާ އަކީ ކުޑަ އީދު ދުވަސް

މާދަމާ އަކީ ކުޑަ އީދު ދުވަސް

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް (ކުޑަ އީދު) ކަމަށް ކަނޑައަޅައިފިއެވެ. 1444 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމި ނިންމުމުގެ ބަޔާން ވަނީ އިއްވައި ދެއްވާފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ އިއްވެވި މި ހަނދާބެހޭ ބަޔާނުގައި ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަހަކީ މިއަދު ކަމަށް ކަނޑައަޅާފައެވެ. އަދި […]

ޔުމްނާ ޢަލީ
ސައޫދީ އަށް މާދަމާ އީދު

ސައޫދީ އަށް މާދަމާ އީދު

ސައުދީ އަރަބިއްޔާއަށް ޝައްވާލް މަހުގެ ހަނދު ފެނިއްޖެކަމަށް އެ ޤައުމުން ބުނެފިއެވެ. ސައޫދީ މީޑިއާ އިން ބުނީ އެ ގައުމަށް ހަނދުފެނިފައިވާ ކަމަށެވެ. އަދި އެގައުމުގެ ތުމައިރު އެންޑް ސުދައިރު އޮބްސަވޭޓަރީގެ ސައިޓިން ކޮމިޓީން އެކަން ހާމަކޮށްފައިވާ ކަމަށެވެ. ސައޫދީން ވަނީ މި އަހަރުގެ ރަމަޟާން މަހަކީ 29 ދުވަހުގެ މަހެއް ކަމަށް ނިންމައި، މާދަމާ އަކީ މި އަހަރުގެ ފިތުރު ޢީދުގެ ކަނޑައަޅާފައެވެ. #BREAKING: Friday is the first day of #EidAlFitr in #SaudiArabia, […]

ޔުމްނާ ޢަލީ
އުރީދޫ އިން ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި އީދު ސައެއް ބާއްވަނީ

އުރީދޫ އިން ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި އީދު ސައެއް ބާއްވަނީ

އުރީދޫ މޯލްޑިވްސްއިން މާލެ ސިޓީ ކައުންސިލާ ގުޅިގެން ކިންގް ސަލްމާން މިސްކިތް ކުރިމަތީ އީދު ސައެއް ބާއްވަން ނިންމައިފިއެވެ. “އުރީދޫ ޢީދު ސައި“ ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އީދު ނަމާދަށްފަހު ކިންގް ސަލްމާން މިސްކިތް ކުރިމަތީގައެވެ. އުރީދޫ އީދު ސައިގައި ބައިވެރިވާ ފަރާތްތަކަށް އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ލިބޭނެއެވެ. މި ހަރަކާތަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އެއްތަނަކުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ...

އަޙްމަދު ވަހީދު
ހުޅުމާލޭ އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހާގެ ސިކުނޑިއަށް ލޭ އެޅިއްޖެ

ހުޅުމާލޭ އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހާގެ ސިކުނޑިއަށް ލޭ އެޅިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއީ ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ. ސައިކަލު ދުއްވަން އިނީ އުމުރުން 18 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް އަނިޔާވެފައިވާ ކަމަށް ވެސް ބުނެއެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާތީ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ...

މުޙައްމަދު އަފްރާޙް
މި އަހަރު މީހުން ހައްޖަށް ގެންދަން ހުއްދަ ދީފައިވަނީ ތިން ކުންފުންޏަކަށް

މި އަހަރު މީހުން ހައްޖަށް ގެންދަން ހުއްދަ ދީފައިވަނީ ތިން ކުންފުންޏަކަށް

މި އަހަރު (1444) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ތިން ކުންފުންޏަކީ އަލްހަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ. ކުންފުނިތަކަށް ކަނޑައަޅާފައިވާ އަގުތަށް އުޅެނީ އެވްތެޖްކޮށް ހަތްދި...

އިބްރާހިމް ޚަލީލް
އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

އިހަވަންދޫ ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކުލަބް ޕޯލްސްޓާގެ 21 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. 125 ބައިވެރިންނާއިއެކު މި މުބާރާތް ފަށާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. މި މުބާތުގެ ކިޔެވުން އިހަވަންދޫ މަދަރުސާގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މުބާރާތުގެ ކިޔެވުން ނިންމާލާފައި ވަނީ އިއްޔެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުރިއަށް މި އޮތް ހަފްތާތެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އެއްވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް […]

އިބްރާހިމް ޚަލީލް
ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އިލްތިމާސްކޮށްފި

ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް އިލްތިމާސްކޮށްފި

ސިންގަލް ޔޫސް ޕްލާސްޓިކް ކޮަތަޅުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާ އިން އިލްތިމާސް ކޮށްފިއެވެ. އެ ވުޒާރާ އިން މިހެން ބުނެފައި މިވަނީ ޕްލާސްޓިކު ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާއި ގުޅިގެން އެކަމުގެ ހިތްހަމަ ނުޖެހުން ގިނަބަޔަކު ފާޅުކުރަމުން އަންނާތީ ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސް ބަޔާނެއްގައި ބުނީ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު، ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން […]

މުޙައްމަދު އަފްރާޙް
''މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށްދެއްވާނެ''

''މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށްދެއްވާނެ''

އެއްވެސް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ކަންކަން ނުކުރުމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އިލްތިމާސްކުރައްވައިފިއެވެ. މިއަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން އޭނާ ވަނީ މާތްﷲގެ އޯގާވަންތަކަމަށް ބައްލަވައި، އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ކަންކަންކުރުމުގައި ދެމިތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. “ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން” މި މައުޟޫއަށް ތަގުރީރު ކުރައްވަމުން އޭނާ ވިދާޅުވީ އެއްވެސް އިންސާނަކީ ކުށެއް ނުކުރެވޭ، ފ...

މުޙައްމަދު އަފްރާޙް
ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް

ގާޒީ ހަސަން ސައީދު ސުލޫކާ ހިލާފެއް ނުވޭ, ސަސްޕެންޑްކުރުން ގޯސް: އިސްތިއުނާފް މަޖިލިސް

ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އޭނާ ސުލޫކާ ހިލާފު ވެފައި ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ. ގާޒީ ހަސަން ދެ ހަފުތާ އަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީ މަހު ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ސިންގަޕޫރަށް ފޮނުވައިގެން […]

ހުސައިން ހަބީބް
އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފި

އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިއުލާންކޮށްފި

1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިޢުލާންކޮށްފިއެވެ. ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އިޙްޔާ ފޯރަމްގެ އެންމެ ފަހު ޖަލްސާގައި، މާލޭގައި ބޭއްވި ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ހޮވުނު ފަރާތްތަކުގެތެރެއިން އެއްވަނައަށް ދިޔަ ފަރާތްތަކަށް އިނާމުދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މިގުރުއަތުން އެއްވަނައަށް ހޮވިފައިވަނީ IFP 4258 އަށް ލިބުނު އިނާމަކީ ސްޓެލްކޯއިން ސްޕޮންސަރކޮށްފައިވާ ޢުމްރާ ދަތުރެކެވެ. ދެވަނައަށް ހ...

މުޙައްމަދު އަފްރާޙް
ޝާޒް ހުވާކުރުން މި މަހު 24 ގައި

ޝާޒް ހުވާކުރުން މި މަހު 24 ގައި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް އަލަށް އިންތިޚާބުވި އިބްރާހިމް ޝާޒު، މަގާމުގެ ހުވާ ކުރައްވާނީ މި އޭޕްރިލް 24 ވާ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ވަނީ ޝާޒު، މަގާމަުގެ ހުވާ ކުރައްވާނީ އެ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ. މީގެ އިތުރުން އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒު ބައިވެރިވެވަޑައިގަންނަވާނެ ކަން ވެސް […]

މުޙައްމަދު އަފްރާޙް
ކޭއާރުއެޗުން ދޭ ބައެއް ހިދުމަތްތައް އީދު ބަންދުގައި ބަންދުވާނެ

ކޭއާރުއެޗުން ދޭ ބައެއް ހިދުމަތްތައް އީދު ބަންދުގައި ބަންދުވާނެ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން އީދު ބަންދުގައި ބައެއް ޚިދުމަތްތައް ބަންދުވާނެ ކަމަށް ހާމަކޮށްފިއެވެ. ކޭއާރްއެޗު އިން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ މިއަހަރުގެ ފިތުރު އީދާއި ގުޅިގެން މި އޭޕްރިލް މަހުގެ 21، 22 އަދި 23 ގައި އެ ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ. އެގޮތުން ހާއްސަ ބަލިތަކުގެ އޯޕީޑީ، ޕަބްލިކް ހެލްތު، އިމަޖެންސީ ޑައިގްނޯސްޓިކްގެ ޚިދުމަތް ބަންދުވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އިދާރީ އޮފީސް ވެސް ބަންދުވާނެ ކަމަށް ބުނެފައި […]

މުޙައްމަދު އަފްރާޙް
އެމްއޭ ކަޕް ވޮލީ މުބާރާތް: ބުޅިކެގެ ތަފާތު މޮޅު ކުޅުމާއެކު ތްރީޑީ ފައިނަލަށް

އެމްއޭ ކަޕް ވޮލީ މުބާރާތް: ބުޅިކެގެ ތަފާތު މޮޅު ކުޅުމާއެކު ތްރީޑީ ފައިނަލަށް

ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ފައިނަލުގެ ފަހު ޖާގައަށް ޓީމް ތްރީޑީ ދަތުރުކޮށްފިއެވެ. މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ރާއްޖޭގެ ގައުމީ ޓީމުގެ ތަޖުރިބާކާރު ތިން ކުޅުންތެރިން ހަސަން ނިލާމް (ޕާޓޭ) ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ޓީމް ތްރީޑީ އާއި ލަންކާގެ ސީނިއަރ ގައުމީ ޓީމުގެ ބާރު ސޮޓު ޖެހުންތެރިޔާ މަހޭޝް އަދި ރާއްޖޭގެ މަޝްހޫރު ބީޗް ވޮލީ ކުޅުންތެރިޔާ ޑެންޒޯ ހިމެނޭ […]

މުޙައްމަދު އަފްރާޙް
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (24)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (24)

ކުރީގެ ޢަދަދާއިގުޅޭ، ” ކަލޭ އާޝޯހް ވާނެ ކަމެއްނެތް. ކަލެއަކަށް އެކަމެއް ނުކޮށްދެވުނެއްނު.. މިރޭ މަ މިއައީ އިންނަން އަހަން..” ހިނިގަނޑެއް ޖަހާލަމުން މާނިޙް އެހެން ބުނުމުން ޒައިން އިތުރަށް ހާސްވިއެވެ. ” ދެން އަވަހަށް ބުނެބަލަ.. ގޭތެރޭގައި ބަޔަކު އުޅޭތަ؟ ” ޒައިން ކުރު ހިނިގަނޑެއް ޖަހާލަމުން ނޫނެކޭ ބުނެލިއެވެ. ” މަންމަމެން ވީ ޝޮޕިންއަށް ގޮސް..” ” އޭ.. އެހެންވިއްޔާ މަ ގޮވައިގެން ހިނގާބަލަ އުޝާގެ ރޫމަށް. ވަރަށް ބިރުވެސް ގަނޭ.. ކުޑައިރު އަލަށް […]

ސަލާމާ ޢަބްދުލް ޢަލީމް
ބަޔާން ކަޓުވާލައި މެންޗެސްޓާ ސިޓީ ސެމީއަށް

ބަޔާން ކަޓުވާލައި މެންޗެސްޓާ ސިޓީ ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު މެންޗެސްޓާ ސިޓީ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ފާއިތުވި ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ކުޅެފައި ވަނީ ސިޓީގެ ދަނޑުގައެވެ. އެ މެޗު ސިޓީން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ސިޓީއަށް ސެމީގެ ޖާގަ […]

އިބްރާހިމް ޚަލީލް
މިފަހަރުގެ އީދު ކުޑަގިރީގައި ކުލަގަދަކޮށް

މިފަހަރުގެ އީދު ކުޑަގިރީގައި ކުލަގަދަކޮށް

އަންނަ ފިތުރު އީދުދުވަސް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަކުރުމަށް އާބަންކޯއިން ނިންމައިފިއެވެ. އާބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްގީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެބްޑުގައި މިފަހަރު އީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި އީދު ފެސްޓުގެ ނަމުގައެވެ. އެގޮތުން، ހުރިހާ އުމުރެއްގެ މީހުންނަށްވެސް މި މަޖަލުގައި ބައިވެރިވެވޭނަ ކަމަށް އާބަންކޯއިން ބުންޏެވެ. އާބަންކޯއިން ބުނި ގޮތުގައި އީދު ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރ...

އަޙްމަދު ވަހީދު
ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިއްޖެ

މި ރަމަޟާން މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ޢާންކުރައްވައިފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި ފާއިތުވި 3 އަހަރުގެ ނިޞްބަތުން މިއަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު އިތުރެވެ. 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 5.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 1442 ވަނަ އަހަރު ލިބިފައިވަނީ 5.3 މިލިޔަން ރުފިޔާ […]

މުޙައްމަދު އަފްރާޙް