ބަޣުދާދުގެ މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި ހަތިޔާރު ގުދަނެއް ގޮވައިފި
ޢިރާޤުގެ ވެރިރަށް ބަޣުދާދުގެ ދެކުނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުރި އެ ޤައުމުގެ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) ގެ ހަތިޔާރު ގުދަނެއް ގޮވައި، މަދުވެގެން ފަސް މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޕީއެމްއެފުން ނެރުނު ބަޔާނެއްގައި ބުނީ، މި ގޮވުން ގޮވާފައިވަނީ އެ ފޯސްގެ މައި މަރުކަޒުގެ އެތެރޭގައި ހުރި ހަލާކުވެފައިވާ ވަޒަންތަކާއި ހަތިޔާރުތައް ރައްކާކޮށްފައި ހުރި ގުދަނެއްގައި ކަމަށެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ނެރުނު...