އިޒްރޭލުގެ ދިފާއުކުރަން އޭއައި އާއި ބޮޓްތައް ބޭނުންކޮށްގެން ޕްރޮޕެގެންޑާ ކެމްޕޭނެއް ފަށަން ނަތަންޔާހޫ ނިންމައިފި
ސޯޝަލް މީޑިއާގައި އިޒްރޭލުގެ ދިފާއުގައި އަޑުއުފުލައި މަސައްކަތް ކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ބޮޓްތައް ބޭނުންކޮށްގެން ވަރުގަދަ ޕްރޮޕެގެންޑާ ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފިއެވެ. ސަރަހައްދީ ހަނގުރާމަތަކުގެ ތެރެއިން އޮންލައިން މައުލޫމާތުގެ މައިދާނަކީ އިޒްރޭލުގެ “8 ވަނަ ފްރަންޓް” ނުވަތަ 8 ވަނަ ހަނގުރާމައިގެ މައިދާން ކަމުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އިޒްރޭލާ ދެކޮޅަށް އޮންލައިންކޮށް ހިންގާ ހަރަކާތްތަކުގެ އިސް...