ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ ނެގިތާ ދެ ހަފުތާ ފަހުން އަނެއްކާ ވެސް އެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.
އެ ގައުމުން ބުނީ މިއަދުން ފެށިގެން ރާއްޖެއިން އަބޫދާބީއަށް ދާ އެއްވެސް މީހަކު ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ.
އެ ގައުމުން ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޯވިޑް-19 ފެތުރެމުން އަންނަ ވަރަށް ބަލައެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން 58 ގައުމެއް ވަނީހިމަނައިފައެވެ.
އަބޫދާބީގެ ގްރީން ލިސްޓުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހިމެނެނީ ހަމައެކަނި ރާއްޖެއެވެ. އެހެންކަމުން އަބޫދާބީއަށް ދާން ދެކުނު އޭޝިއާ ގައުމުތަކުންރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.
ދިވެހިން ބޭސް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް އާންމުކޮށް އުޅޭ ގައުމުތައް ކޯވިޑްގެ ހާލަތުގައި ބަންދުކޮށްފައި އޮތުމުންނާއި، އެ ގައުމުތަކުގެ ހާލަތުގެ ސަބަބުން މީހުން އެތެރެވުމުގައި އަޅާފައިހުރި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ އަދެއްގެ ދިވެހިން ދަނީ ޔޫއޭއީގެ ސިޓީއެއް ކަމަށްވާ ޑުބާއީއަށް ބޭސް ފަރުވާއަށް ދަތުރުވެސް ކުރަމުންނެވެ. ޑުބާއީއަކީ ދިވެހިން ބާޒާރުކުރަން ދަތުރުކުރާ އެއް މަންޒިލްވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!