މަސްގަތުމާއި އެކްސްޕޯޓު ކުރަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ އެ ނިންމުމާއި އެކުގައި އިކޮނޮމިކް މިނިސްޓްރީގައި އެސްއެމްއީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދޫކުރާ ކުދި އަދި މެދު ފަންތީގެ ފަރާތްތަކަށް ދޫކުރާ މަސްގަތުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
އެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން ހަމަސް ދުވަހުގެ މުއްދަތަކަށެވެ. އެ ލައިސަންސް ދޫކުރާނީ ލޯކަލައިޒް ކޮށްފައިވާ ކަލެކްޓާ ބޯޓު ފަހަރަށާއި ޝޯބޭސްޑު ބޭސްޑު ފެސިލިޓީތަކަށް މަސް ގަތުމަށް ނުވަތަ މަސް ގަންނަ ކުންފުނިތަކުން މަސް ގަނެގެން އުޅަނދުފަހަރުގައި އެކްސްޕޯޓު ކުރުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމުން ބާނާ މަސްގަނެ އެކްސްޕޯޓު ކުރުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަސް ގަތުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ފޯމް އެ މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ އިއުލާނުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!