މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން މިއަދުގެ ނޫސްވެރިނަގެ ބައްދަލުވުމުން އެތައް ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަކަށް މިއަދު ގިނަ ޖަވާބުތަކެއް ލިއްބައިދީފިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމަކީ މައްސަލަތަކާއި ގުޅިފައިވާ ޢާއިލާތަކުން އިންސާފަށްއެދި ކުރަމުންދާ އާދޭހުގައި އުންމީދުގެ ކުލަ ޖެހެންފެށި ނޫސްވެރިންގެ ބައްދަލުވުމެކޭ ދެންނެވިދާނެއެވެ.

Ad
rt

​​ނޫސްވެރިންގެ ބައްދަލުވުމުން ސާފުވި މައިގަނޑުދެކަމަކީ، ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ތިބީ ހަރުކަށި ދީނީ ފިކުރުގެ ބައެއްކަމާއި، ފަހަކަށްއައިސް ރާއްޖޭގައި ކުރެވެމުންދިޔަ ބޮޑެތި ވައްކަންތައްވެސް ގުޅެނީ މިދެންނެވި ހަރުކަށި ވިސްނުމުގެ ދީނީ ބަޔަކާކަމެވެ. މިގޮތުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ދީނީ ހަރުކަށި ފިކުރުގެ ދެ ޖަމާއަތެއް ކަމަށާއި އެއީ ސީރިއާގައި ހަރަކާތްތެރިވާ ޖަބާތު އަލް ނުސްރާ ގެ އިތުރުން އަބޫބަކުރު އަލް ބަގުދާދީ އިސްވެ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ތައީދުކުރާ ބަޔެއް ކަމަށެވެ. މިދެންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުގައި ވިދާޅުވި ވާކަތަކެކެވެ.

​​މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނުއްސުއޫދު ތަފުސީލީ މަޢުލޫމާތު އާންމުކުރެއްވީ ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާއާއި ގުޅޭގޮތުންނެވެ. މިގޮތުން ކޮމިޝަނުންކުރި ބުރަމަސައްކަތުގެ ތަފުޞީލުތައް ހާމަކުރެއްވެން ހުރި މިންވަރަށް ހާމަކޮށްދެއްވިއެވެ. މިމަޢުލޫގައި ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މަރުވިކަން ދައްކަން އޭރުގެ ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ހާމަކުރެއްވުމުން ރައްޔިތުންގެ ހިތުގައި ޖަވާބުބޭނުންވާ ސުވާލުތަކެއް އުފެދިއްޖެއެވެ. ދީނީ ހަރުކަށި ޖަމާއަތަކުން ކުރިކަމެއް ފޮރުވަން އޭރުގެ ސަރުކާރުގެ އެންމެ ދެ އިސްވެރިން ރޯލެއް ކުޅުއްވަން ޖެހުނު ސަބަބަކީ ކޮބައި ބާވައެވެ؟ ނުފޫޒާ ބާރުން ކަންހިންގިގޮތް ފޮރުވަން އުޅުއްވާފައިވަނީ ކީއްވެގެން ބާވައެވެ؟ އެބުނުއްވާ ދީނީ ހަރުކަށި ޖަމާޢަތްތަކާއި އޭރުގެ ސަރުކާރާ ގުޅުމެއް އޮތީބާވައެވެ؟ މިމަޢުލޫގައި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ މިފަދަ ސުވާލުތަކަށް ޖަވާބު ބޭނުންނެވެ.

​​​​