ފުޓްބޯލް އެސޯސިއޭޝަންއިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ ”ދިރާގު ޔޫތުލީގު 2019 “ ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭވެސް ވަނީ ދެމެޗް ކުޅެފައެވެ. ރޭ ކުޅުނު މެޗްތަކުން ބީޖީ ސްޕޯޓްސް އެކެޑެމީ އަދި މާޒިޔާ ސްޕޯޓްްސް އެކެޑެމީ ވަނީ ކާމިޔާބު ކޮށްފައެވެ.

ބީޖީ ސްޕޯޓްސް އެކެޑެމީން އީގަލްސް ސްޕޯޓްސް އެކެޑެމީގެ މަށްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އާލީޓަޗް ފުޓްބޯލް އެކެޑެމީއާއި ބައްދަލުކޮށް މާޒިޔާ ސްޕޯޓްސް އެކެޑެމީން މެޗް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި ލީގުގައި މިހާތަނަށް ޖުމްލަ ބާރަ މެޗްވަނީ ކުޅެފައެވެ. މާޒިޔާ، ބީޖީ، އާރލީ ޓަޗް އަދި އީގަލްސްވެސް ވަނީ ތިންމެޗް ކުޅެފައެވެ. މާޒިޔާ ވަނީ ކުޅުނު ތިންމެޗު ވެސް ކާމިޔާބުކޮށްފަ އެވެ.
ބީޖީ ވަނީ ކުޅުނު ތިންމެޗްއިން 2 މެޗް ކާމިޔާބްކޮށްފައެވެ. ބީޖީ ބަލިވެފައިވަނީ ހުޅުމާލޭ ސްޕޯޓްސް ސްކޫލްއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. އީގަލްސް ކުޅުނު ތިންމެޗްގެ ތެރެއިން ކާމިޔާބު ކުރެވުނީ ވިކްޓްރީއާއި ދެކޮޅަށް ކުޅުނު މެޗްއިންނެވެ. އާލީޓަޗަށް ކާމިޔާބު ކުރެވުނީ ހުޅުމާލޭ ސްޕޯޓްސް އެކެޑެމީއާއި ބައްދަލުކުރި މެޗްއިންނެވެ.