ހދ. ވައިކަރަދޫ ގެޔެއްގައި ހުރި ސައިކަލެއްގައި ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

ތިލަދުންއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ "މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އަދި މި މައްސަލަ މިހާރު ފުލުހުން ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.

Ad
rt

ވައިކަރަދޫ އަޒުމް ގޭގެ ގަރާޖުގައި ހުރި ވޭވް 125 ސައިކަލްގައި ރޯކޮށްލި ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ރޭ 23:57 ގައެވެ.

މައުލޫމާތު ލިބޭގޮތުގައި ސައިކަލްގެ ވެރިފަރާތަކީ ޢަދާލަތު ޕާރޓީ ވައިކަރަދޫ ގޮފީގެ ރައީސް މުހައްމަދު އާމިރު އެވެ. އާމިރު މިހާރު ހުރީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގައެވެ. އޭނާގެ ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ޕިކަޕެއްގެ އިތުރުން އަލިފާން ހިފާޒާތުގެ ގިނަ އެއްޗެހި ރައްކާ ކޮށްފައިވާ މި ގަރާޖުގައި ހުރި ސައިކަލުގެ މައްޗައް ޕެޓްރޯލް އަޅާފައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި އަލިފާން ގަނޑު ނިއްވާލާފައިވަނީ އެ ވަގުތު އެމަގުން ދިޔަ ބަޔަކަށް އެމަންޒަރު ފެނިގެންނެވެ.