ހދ.ނައިވާދޫ ސްކޫލްގެ 2 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އިއުލާން ކޮށްފައިވާ ގޮތުގައި ހދ.ނައިވާދޫ ސްކޫލްގެ 2 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އިއުލާނާއި އެކު އާއްމު ކޮށްފައިވާ ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ،

Ad
rt

މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 25 އޯގަސްޓް 2019 އިން 02 ސެޕްޓެމްބަރ 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރަންޖެހޭނެ އެވެ.

މިނިސްޓްރީއިން ބުނީ ބިޑް ހުޅުވުން އޮންނާނީ 09 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 12:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން ޖަލްސާކުރާ މާލަމުގައިކަމަށެވެ.

މިޕްރޮޖެކްޓްގައި ނަންނޯޓް ކުރުމުގެ އިންތިޒާމް މިމިނިސްޓްރީގެ ރިސެޕްޝަންގައި ހަމަޖެހިފައިވާނެ ކަމަށްވެސް މިނިސްޓްރީއިން ހާމަކުރެއެވެ.