ރ. އަނގޮޅިތީމު ގެއަކަށް ވަދެ 72 އަހަރުގެ ދިވެހި އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 ހާއިރުއެވެ.

Ad
rt

މި ހާދިސާގައި އަނިޔާ ލިބުނު އުމުރުން 72 އަހަރުގެ އަންހެން މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ރޭ 21:57 އެހައިކަންހާއިރު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.