ހދ. ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް އެރަށު ކައުންސިލުން މިރޭ އިޢުލާންކޮށްފިއެވެ.

ގެއްލިގެން ހޯދަމުންދަނީ އެރަށު 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ.

Ad
rt

ނޭކުރެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ލަމިޔާ ގެއްލުނީ 16 ޖޫން 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފިހާރައަކަށް ދިޔުމަށްފަހުއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާކަމަށެވެ.

"ތިލަދުންް" އަށް މަޢުލޫމާތު ދެމުން އެކުއްޖާގެ ބޭބެ ބުނެފައިވަނީ ލަމިޔާ އެންމެ ފަހުން ފެނިފައިވަނީ ރޭ 9:30 ހާއިރު ކަމަށެވެ. އެންމެ ފަހުން ފެނިފައިވަނީ، މައްޗަންގޮޅި ދިލްބަހާރުމަގު، ސަހަރާ ކަންމަތިންނެވެ. އެވަގުތު އޭނާ ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ޓީޝާޓެކެވެ. އަދި ކަޅު ބުރުގާއަކާއި ހުދު ފައިވާނެއް އަޅައިގެންނެވެ.

މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށްވެސް މަޢުލޫމާތު ދެއްވި އެވެ.

ލަމިޔާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތްތަކުން އެކުއްޖާ ބޭބެ އަށް 9691063 ނުވަތަ 9959907 ނަންބަރަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް އާއިލާއިން އެދިފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިރޭ ބުނެފައިވަނީ ލަމިޔާ ގެއްލިގެން މިއަދު 1 ޖަހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.