އެމެރިކާގެ އަލަށް އުފަންވާ ކުޑަކުދިންނަށް އެންމެ ގިނައިން ކިޔާ ނަންތަކުގެ ތެރޭގައި "މުހައްމަދު" މި ނަން ހިމެނިއްޖެއެވެ.

"މުހައްމަދު"ގެ އިތުރުން އަންހެން ކުދިންގެ ލިސްޓްގައިވެސް ވަނީ އަރަބި ނަމެއްކަމަށްވާ "އާލިޔަ" ހިމެނިފައެވެ. މި ލިސްޓަކި "ބޭބީ ސެންޓަރ" އިން ތައްޔާރު ކޮށްފައިވާ ލިސްޓެކެވެ.

Ad
rt

އެމެރިކާގެ އެންމެ ގިނަ މާބަނޑުމީހުން ބޭނުން ކުރާ މި ވެބްސައިޓުން ހަދާފައިވާ ލިސްޓްގައި އެންމެ 600،000 މީހުންގާތު، އެމީހުންގެ ދަރިންގެ ނަން އަހާފައި ވާއިރު، "އާލިޔާ" އަދި "މުހައްމަދު" ވަނީ އެންމެ ގިނައިން ބޭނުންކޮށްފައިވާ 10 ނަމުގެ ތެރޭގައި ހިމެނިފައެވެ. މި ލިސްޓުގެ އެހެން ނަންތަކުގެ ތެރޭގައި ހިމެނެނީ، ނޯއާ، އެއިޑެން އަދި ލިއަމް އެވެ. އަަދި އަންހެން ކުދިންގެ ލިސްޓުގައި ހިމެނެނީ ސޯފިއާ، އާވާ އަދި އަމީލިއާ އެވެ.

"ބޭބީ ސެންޓަރ" ގެ ލިސްޓާއި "ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން" ގެ ލިސްޓުގައި ތަފާތެވެ. މި ލިސްޓުގައ 2018 ވަނައަހަރު "މުހައްމަދު" އައިސްފައި345 ވަނަ އަށެވެ. އޭގެފަހުން މިނަން މިވަނީ ވަރަށް ގިނަ ކުދިންނަށް ކިޔާފައެވެ.2000 ހުގެ އަހަރުތަކުގައ އެންމެ މަގުބޫލު ނަންތަކުގެ ލިސްޓުގައި "މުހައްމަދު" އައިސްފައިވަނީ 620 ވަނައަށެވެ.

މި ދެ ލިސްޓް ތަފާތު ވެގެންދަނީ "ބޭބީ ސެންޓަރ" ގެ ލިސްޓުގައި އެކި ގޮތްގޮަތަށް ލިޔެވޭ ނަންތައް ވެސް އެއްގޮތަކަށް ކިޔާނަމަ އެއީ ނަމުގެ ގޮތުގައި ހިމަނާތީއެވެ. އެހެންނަމަވެސް "ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން" ގެ ލިސްޓުގައި އެ ނަން ބަލަނީ ވަކި ނަމެއްގެ ގޮތުގައިއެވެ.

"ބޭބީ ސެންޓަރ" ގެ ގްލޯބަލް އެޑިޓަރ އިން ޗީފް ބުނެފައިވަނީ "މުހައްމަދު" މިނަން އެންމެ މަގުބޫލް ނަންތަކުގެތެރޭގައި ހިމެނޭނެ ކަމަށް ލަފާ ކުރެވުނު ކަމަށެވެ. ސަބަބަކީ ގިނަ މުސްލިމު އާއިލާ ތަކުން އެންމެ ފުރަތަމަ އުފަންވާ ފިރިހެން ކުއްޖާއަށް "މުހައްމަދު" ކިޔަނީ ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ކަމަށްވާތީއެވެ.