ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ކުއްލި ހާލަތަށް ގެނެސްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއާޕޯޓު ކުއްލި ހާލަތަށް ގެނައީ، އެ އާޕޯޓަށް ކުއްލި ހާލަތުގައި މަތިންދާ ބޯޓެއް ޖައްސަން ވެގެން ނެވެ.
އެމްއޭސީއެލުން ވިދާޅުވީ ފްލައިޓު ޖައްސަައިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރައްވަ އެވެ.
އެ ކުންފުނިން ވިދާޅުވީ އެ ފްލައިޓު ކުއްލި ހާލަތުގައި ޖައްސަން ޖެހުނު ސަބަބު ބަލަމުން އަންނަކަމަށާއި އިތުރު މައުލޫމާތު ލިބޭނީ އޭރުން ކަމަށެވެ.
ކުއްލި ހާލަތުގައި ގައި އެ ބޯޓު ޖައްސާތީ އައިޖީއެމްއެޗް ވެސް ވަނީ އެލާޓަށް ގެނެސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!