ވޭތިވެދިޔަ ދޮޅު އަހަރު މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދު ތަކުގައި 283 ރޭމްޕް ހަދައި، މާލޭގެ 407 މަގު މަރާމާތުކޮށްފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ފައިބެއަހަރުގެ މެއި 17 އިން މިއަހަރުގެ ނޮވެމްބަރ 17 އަށް އެ ކައުންސިލުން ހިންގާފައިވާ ޕްރޮޖެކްޓްތަކާއި މަޝްރޫއުތަކާއި ހަރަކާތްތަކާއި ކޮށްފައިވާ މުނިސިޕަލް / އިދާރީ މަސައްކަތްތަކުގެ ތަފްސީލުގައިވާ ގޮތުން މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ތަކުގެތެރޭގައި މަގުތަކުގައި ދުއްވާ އެއްޗިއްސަށް ދުއްވަން އުނދަގޫވުމާއި، ދުއްވާ އެއްޗެހި ޕާކުކުރާނެ ތަން ނެތުން ފާހަގަކޮށްލެވެ އެވެ.

Ad
rt

މީގެ އިތުރުން ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި 407 މަގުގެ މަރާމާތުކޮށްފައިވާއިރު، ޕާކިން ޒޯނުގެ ގޮތުގައި 7293 ސައިކަލު ޒޯނާއި ،945 ކާރު ޒޯނު ސިޓީ ކުރަހާފަ އެވެ. އަދި 12106 ކާނުގަނޑު ސާފުކޮށްފައިވާއިރު، 03 މަގުގައި، 938 ލައިޓް ހަރުކޮށްފައިވާ ކަމަށް ވެސް އެ ތަފްސީލުގައި ވެއެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހިއްސާކުރައްވާފައިވާ މި ތަފްސީލުގައި އިތުރަށް ވަނީ އެއްބުރި އަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް 281 ހުއްދަ ދޫކޮށްފައިވާ ކަމަށާއި އިމާރާތަށް ބަދަލު ގެނައުމަށް 286 ހުއްދަ ދެވިފައިވާ ކަމަށް ވެއެވެ.

މީގެ އިތުރުން ވެސް ގިނަ ކަންކަން އެ ތަފްސީލުގައި ފާހަގަ ކުރައްވާފައިވާއިރު، އެ ކައުންސިލުން ބޭނުންވާ ވަރަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް އަންނަނީ ވިދާޅުވަމުން ނެވެ.

މީގެކުރިން އެކި މަންސަ ތަކުގައި އެ ކައުންސިލުން ވިދާޅުވެފައިވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުދެއްވާ ކަމަށާއި އެހެންވުމުގެ ސަބަބުން ރައްޔިތުންނަށް ދޭން ބޭނުންވާ އެއްބާރުލުން އެންމެއެކަށޭނަ ގޮތުގައި ނުދެވޭ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުން ވިދާޅުވެފައިވަނީ އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ.