ޑެންގޫ ހުން ޖެހިގެން 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި ވަނީ ރ. ދުވާފަރަށް ނިސްބަތްވާ އަތޫފް އަހްމަދު އެވެ.
ދުވާފަރު ކައުންސިލް އިދާރާގައި އެސިސްޓެންޓް ކައުންސިލް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އަތޫފް ނިޔާވެފައި ވަނީ، އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޑެންގޫގެ ބިރުވެރިކަން ދުވާފަރުގައި އެބައޮތް ކަމަށާއި، މިއީ ޑެންގޫ ޖެހިގެން މިފަހުން ނިޔާވި ދުވާފަރަށް ނިސްބަތް ދެވަނަ މީހާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ޑެންގީހުން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، މީގެ ހަފުތާއެއްކުރިން ވެސް 19 އަހަރުގެ ޒުވާނަކު ވަނީ ޑެންގީ ޖެހިގެން ނިޔާވެފަ އެވެ. އަދި އޭގެ ކުރީދުވަހު ވެސް ވަނީ ޑެންގީ ޖެހިގެން ކުޑަކުއްޖަކު ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!