ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ހުށަހެޅި އިސްލާހަށް މަޖިލީހުން ނޫނެކޭ ބުނެފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

Ad
rt

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އުޝާމް ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 36 މެންބަރުންގެ ތެރެއިން ފަސް މެންބަރުން ނެވެ. ބާކީ ތިއްބެވި 31 މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ބަލައިނުގަތުމަށެވެ.

މިދިޔަ ޖުލައި މަހު އުޝާމް ހުށަހެޅުއްވި އިސްލާހުގައި ބުނީ މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއް ކަމަށާއި އެހެންކަމުން މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ޚިދުމަތާއި ނުބައްދަލު އިނާޔަތްތައް އުނިކުރުމަށް ހުށަހަޅާ ކަމަށެވެ.

އެ ބިލުގެ ފުރަތަމަ ކިއުން އޮތީ މިދިޔަ އޮގަސްޓް މަހުގެ 22 ގައެވެ.

އެ މާއްދާ މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 30 ޕަސެންޓް ލިބޭއިރު، ދެ ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ 45 ޕަސެންޓް ލިބެ އެވެ. މީގެއިތުރުން ކުރީގެ މެންބަރުންނާއި އެ މީހުންގެ އާއިލާއަށް ހެލްތު އިންސުއަރެންސް ސްކީމެއް ކުރީގެ މެންބަރުންނަށް އޮފިޝަލް ޕާސްޕޯޓެއް ލިބެއެވެ.