މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެކަންޏެވެ.
ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ. އެގޮތުން ރޭ ފުރީ މި އަހަރު ހައްޖަށް ދާ 453 ހައްޖުވެރިންގެ ތެރެއިން 157 މީހުންނެވެ.
ރޭ 11:15ގައި ރާއްޖެއިން ސައުދީ އެއަރލައިންގައި ފުރި ހައްޖުވެރިންނަށް ޖިއްދާއަށް ދެވޭނީ މެންދަމު 2:35 ގަ އެވެ. އެއީ ރާއްޖެގަޑިން ފަތިހު 4:35 އެހާކަންހާއިރު އެވެ
މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!