Skip to main content
Topic Archive

#ހައްޖު/އުމްރާގެ އަޅުކަން

75 Stories filed
ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަންގެ އުމްރާ ދަތުރު ފަސްކޮށްފި
Business

ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވިއަންގެ އުމްރާ ދަތުރު ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި، ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއިން ޖިއްދާއަށް ބުރާސްފަތި ދުވަހު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރު ފަސްކޮށްފައިވާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނެފިއެވެ. އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދިއުމަށް ރާވާފައިވާ މި ދަތުރަކީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހު (29 އޮކްޓޯބަރު 2026 ގައި) ކުރުމަށް ތާވަލުކޮށްފައި

ޙައްޖު ކިއުގައި 3 އަހަރުވީ 70 އަހަރުން މަތީގެ އެންމެންނަށް 1448 ގެ ޙައްޖުން ފުރުސަތު ދެނީ
Raajje

ޙައްޖު ކިއުގައި 3 އަހަރުވީ 70 އަހަރުން މަތީގެ އެންމެންނަށް 1448 ގެ ޙައްޖުން ފުރުސަތު ދެނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ ތިން އަހަރު ވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ވީހާވެސް ގިނަ ދޮށީ ޢުމުރުގެ ބޭފުޅުންނަށް ފަރުޟު ޙައްޖު އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ. މިކަމުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައ...

އަންނަ އަހަރު ހައްޖު ވިސާ ލިބޭނީ މެޑިކަލް ކްލިއަރެންސް ހޯދައިގެން: ސައޫދީ
International

އަންނަ އަހަރު ހައްޖު ވިސާ ލިބޭނީ މެޑިކަލް ކްލިއަރެންސް ހޯދައިގެން: ސައޫދީ

2027 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހައި ހައްޖާޖީންނަށް ހައްޖު ވިސާ ދޫކުރެވޭނީ ސިއްހީ މެޑިކަލް ޗެކަޕެއް ހަދައި، ސިއްހީ ރައްކާތެރިކަމުގެ ކްލިއަރެންސް ސެޓްފިކެޓެއް ހޯދުމުން ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ސެޓްފިކެޓް ދޫކުރުމުގެ މަރުހަލާތައް ކުރިއަށްދާނީ “ނުސުކް މަސާރު” ޕްލެޓްފޯމް މެދުވެރިކޮށެވެ. ސައޫދީގެ އިދާރާތަކުން ބުނި ގޮތުގައި، ގުނަވަންތައް ފެއިލްވުން ފަދަ ނުރައްކާތެރި އަދި ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކ...

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ
Raajje

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް މިރޭ ރާއްޖެ އަތުވެއްޖެއެވެ. މިރޭ އައި ފުރަތަމަ ގްރޫޕްގައި 241 ދިވެހި ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަންފަށާފައިވާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ދެވަނަ ފްލައިޓު އަންނާނީ މި މަހުގ...

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ
Raajje

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު ރާއްޖެ އަންނާނެ

1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް އަންނަ ހުކުރު ދުވަހު މާލެ އަންނާނެކަމަށް ދިވެހި ހައްޖު މިޝަންއިން މިއަދު ބުނެފިއެވެ. ދިވެހި ޙައްޖުވެރިން ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަންނަންފަށާއިރު، ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. މީގެ ތެރޭގައި ހިމެނެނީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެވެ. ހައްޖު މިޝަނުން ހާމަކޮށްފައިވާ ތަފްސީލްތަކަށް ބަލާއިރު، ފުރަތަމަ ފްލައިޓު މި މަހުގެ 5 […]

އީރާނުގެ ހައްޖުވެރިން އެނބުރި ގައުމަށް ދާން ފަށައިފި
International

އީރާނުގެ ހައްޖުވެރިން އެނބުރި ގައުމަށް ދާން ފަށައިފި

މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، އީރާނުގެ ހައްޖުވެރިން އެނބުރި ގައުމަށް ދިއުމުގެ ދަތުރުތައް ހޯމަ ދުވަހު ފަށައިފިއެވެ. ސައުދީ އަރަބިއްޔާގެ ސަރުކާރުން ހައްޖުވެރިންނަށް ފޯރުކޮށްދިން ފުރިހަމަ އިންތިޒާމުތަކާއި ހިދުމަތްތަކާއެކު، އީރާނުގެ ހައްޖުވެރިން ވަނީ ހައްޖުގެ މަނާސިކުތައް ފުރިހަމަކޮށްފައެވެ. ސައުދީ އަރަބިއްޔާގައި ހުންނަވާ އީރާނުގެ ސަފީރު ޑރ. އަލީރޭޒާ އިނާޔަތީ ވިދާޅުވި ގޮތުގައި، މިއަހަރު އީރާނުން ގާތްގަނޑަކަށް 30،000 ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ. “ވަ...

ޙައްޖު މޫސުމުގައި ސައޫދީ ހެލްތް މިނިސްޓްރީން 2.5 މިލިއަނަށްވުރެ ގިނަ ޚިދުމަތް ފޯރުކޮށްދިން
International

ޙައްޖު މޫސުމުގައި ސައޫދީ ހެލްތް މިނިސްޓްރީން 2.5 މިލިއަނަށްވުރެ ގިނަ ޚިދުމަތް ފޯރުކޮށްދިން

2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގެ ސިއްޙީ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތުން އިޢުލާނުކޮށްފިއެވެ. ސައޫދީ ހެލްތް މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި އަހަރުގެ ޙައްޖު މޫސުމުގައި ޙައްޖާޖީންގެ މެދުގައި އެއްވެސް ބަލިމަޑުކަމެއް ނުވަތަ އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަމެއް ރިކޯޑުކުރެވިފައެއް ނުވެއެވެ. ސައޫދީ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޙައްޖު މޫސުން ފެށުނީއްސުރެ ޛުލްޙިއްޖާ މަހުގެ 12 ވަނަ ދުވަހާ ހަމައަށް (މ...

ހައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ސައޫދީން ޢިއުލާންކޮށްފި
International

ހައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ސައޫދީން ޢިއުލާންކޮށްފި

1447 ވަނަ އަހަރުގެ ހައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން، މައްކާ ސަރަހައްދުގެ ޑެޕިއުޓީ އަމީރު އަދި ހައްޖާއި އުމްރާގެ ދާއިމީ ކޮމިޓީގެ ނައިބު ރައީސް ޕްރިންސް ސައުދު ބިން މިޝާލް، ހުކުރު ދުވަހު ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ. ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޕްރިންސް ސައުދު ވިދާޅުވީ، މިއަހަރުގެ ހައްޖުގެ ކަންކަން ކާމިޔާބުކަމާއެކު ނިމިގެންދިޔައީ ސަލާމަތީ ގޮތުންނާއި، އިންތިޒާމުތަކުގެ ގޮތުން އަދި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފުރިހަމަ ނަތީޖާއެއް ހާސިލުކުރެވިގެން ކަމަށެވެ. މިއީ...

”ޙައްޖުވެރިން މިހާރު ކުރިއަށްގެންދަނީ ޙައްޖުގެ ތިންވަނަ ދުވަހުގެ މައިގަނޑު އަޅުކަންތައް“
International

”ޙައްޖުވެރިން މިހާރު ކުރިއަށްގެންދަނީ ޙައްޖުގެ ތިންވަނަ ދުވަހުގެ މައިގަނޑު އަޅުކަންތައް“

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގެ ތިންވަނަ ދުވަހު، ޙައްޖުވެރިން ޙައްޖުގެ މައިގަނޑު ފަސް އަޅުކަމެއް އަދާކުރަން ފަށައިފިއެވެ. މީގެ ތެރޭގައި ޖަމްރާއަށް ހިލަ އުކުމާއި، ބޯބޭލުން ނުވަތަ އިސްތަށިގަނޑުން ބައެއް ކޮށުމާއި، ހަދްޔު ކަތިލުމުގެ އިތުރުން ޙައްޖުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ތަވާފުލް އިފާޟާ އާއި ސަޢުޔު ކުރުން ހިމެނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު، ޙައްޖުވެރިން ބުދަ ދުވަހުގެ ހެނދުނު މިނާއަށް ޖަމާވީ ހިލަ އުކުމުގެ އަޅުކަން އަދާކުރުމަށެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފ...

ޙައްޖާޖީން މުޒްދަލިފާއިން މިނާ އަށް
International

ޙައްޖާޖީން މުޒްދަލިފާއިން މިނާ އަށް

ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ އަޅުކަން އިރުއޮއްސުމާ ހަމައަށް ފުރިހަމަކުރުމަށްފަހު، ހުރިހާ ޙައްޖާޖީން މުޒްދަލިފާއަށް ގޮސް، މިނާ އަށް އެނބުރިއައިސް މިހާރު ދަނީ ޖަމްރަތުލްޢަޤަބާއަށް ހިލައުކަމުގެ މަރުހަލާ ކުރިއަށް ގެންދަމުންނެވެ. ޙައްޖާޖީން މުޒްދަލިފާއަށް ދަތުރުކުރީ ވަރަށް އަމާންކަމާއި މަޑުމައިތިރިކަމާއެކު، ތަލްބިޔާ ކިޔުމުގައި ދެމިތިބެގެންނެވެ. މުޒްދަލިފާއަށް ދިއުމަށްފަހު ޙައްޖާޖީން ވަނީ ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމ...

1.6 ހައްޖާޖީން ޢަރަފާތުގެ އަޅުކަމަށްފަހު މުޒްދަލިފާއަށް
International

1.6 ހައްޖާޖީން ޢަރަފާތުގެ އަޅުކަމަށްފަހު މުޒްދަލިފާއަށް

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ 1.6 މިލިއަނަށްވުރެ ގިނަ ޙައްޖުވެރިން، ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތް ބިމުގައި މަޑުކުރުން ނުވަތަ ވުޤޫފްގެ އަޅުކަން މިއަދު ނިންމުމަށްފަހު މުޒްދަލިފާ އަށް ދާންފަށައިފިއެވެ. އިރުއެރުމާއެކު މިނާގެ ފޭލިގެ ސިޓީން ޢަރަފާތް ބިމަށް ޙައްޖުވެރިން ޖަމާވާން ފަށާފައިވަނީ ތަލްބިޔާގެ މަތިވެރި އަޑުން މުޅި ސަރަހައްދު ގުގުމާލަމުންނެވެ. ޢަރަފާތް ބިމުގައި ހުންނަ މަސްޖިދު ނަމިރާގައި މިއަހަރުގެ ޢަރަފާތް ޚުޠުބާ ދެއްވީ މަސްޖިދުއް ނަބަވީގެ އިމާމ...

އެޑްމިޓްކުރި ހާޖީވެސް ޢަރަފާތަށް ގެންގޮސްފި
Raajje

އެޑްމިޓްކުރި ހާޖީވެސް ޢަރަފާތަށް ގެންގޮސްފި

ދިވެހި އެހެން ހާޖީން ޢަރަފާތް ބިމަށް ދިޔައިރު، މިނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުގެ ސަބަބުން ނުދެވުނު ހާޖީވެސް ޢަރަފާތަށް ގެންގޮސްފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އޭނާ ޢަރަފާތަށް ގެންގޮސްފައިވާ ކަމަށާއި އަދި އޭނާގެ ހާލު ރަނގަޅުކަމަށެވެ. މިހާރު ދިވެހި ހުރިހާ ހާޖީން ޢަރަފާތް ބިމުގައިތިބިއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ވަޒީރު ވިދާޅުވިއެވެ. ”ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އެންމެހައި ދިވެހި ޙާޖީންގެ ޙާލު ރަނގަޅު. މިހާރު އެންމެހަ...

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ޢަރަފާތަށް ފޯރައިފި
Raajje

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ޢަރަފާތަށް ފޯރައިފި

އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތް ބިމަށް ވަދެފައިވާކަމަށް  އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަތިހު ވިދާޅުވެއްޖެއެވެ. ޝަހީމް ވިދާޅުވިގޮތުގައި އެންމެ ހާޖީއެއް ފިޔަވައި ދިވެހި ހާޖީން ވަނީ ޢަރަފާތަށް ވަދެފައެވެ. އަދި އެހާޖީ މިވަގުތު އޮތީ މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިކަމަށާއި، ނަމަވެސް އެ ޙާޖީ ވެސް ޢަރަފާތް ބިމަށް ގެންދެވޭނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ”އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދަ...

ޙައްޖާއި ޢީދު ޚުޠުބާ ދެއްވާނީ ދެބަފައިން
Raajje

ޙައްޖާއި ޢީދު ޚުޠުބާ ދެއްވާނީ ދެބަފައިން

މިއަހަރުގެ ޙައްޖު މޫސުމުގެ އެންމެ މުހިންމު އެއް ރުކުން ކަމުގައިވާ ޢަރަފާތް ދުވަހުގެ ޚުޠުބާ ދެއްވުމަށާއި، އަޟްޙާ ޢީދު ނަމާދުގެ ޚުޠުބާ ދެއްވުމަށް މަޝްހޫރު ޢިލްމުވެރި އާއިލާއެއްގެ ބައްޕައަކާއި ދަރިއަކު ހަމަޖައްސައިފިއެވެ. ސައުދީ ރަސްކަމުގެ ރޯޔަލް ކޯޓުން ނިންމަވާފައިވަނީ މިއަހަރުގެ ޢަރަފާތް ދުވަހު މަސްޖިދު ނަމިރާގައި ޚުޠުބާ ދެއްވުމަށް، މަދީނާގެ މަސްޖިދުއްނަބަވީގެ އެންމެ ދުވަސްވީ އެއް އިމާމު ކަމުގައިވާ ފަޟީލަތުއްޝައިޚް ޢަލީ ބިން ޢަބްދުއްރަޙްމާން އަލްޙުޛައިފީއެވެ. ހަމައެއާއެކު، އެމަނިކުފާނުގެ ދަރިކަލު...

ޙައްޖުވެރިން މިނާ އިން ޢަރަފާތް ބިމަށް
International

ޙައްޖުވެރިން މިނާ އިން ޢަރަފާތް ބިމަށް

މިއަހަރުގެ މާތްވެތި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެހާ ޙައްޖުވެރިން ތަރުވިޔާ ދުވަސް ހޭދަކުރުމަށްޓަކައި މިނާއަށް ގޮސް ނިމި ޢަރަފާތް ބިމަށް ދަތުރުކުރަމުންދާކަމަށް ސައޫދީ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ. ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ބިމުގައި މަޑުކުރުމުގެ ކުރިން މިނާއަށް ޙައްޖުވެރިން ވަނުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އިންތިޒާމުވެގެން، ސަލާމަތީ، ޞިއްޙީ އަދި ޚިދުމަތްދޭ އެކި ދާއިރާތަކުގެ ބެލުމުގެ ދަށުންނެވެ. ޙައްޖުވެރިން މިނާގައި ކަނޑައެޅިފައިވާ ފޭލިގެތަކަށް ވަނުމާ ހަ...