Skip to main content
Topic Archive

#ހައްޖު/އުމްރާގެ އަޅުކަން

75 Stories filed
ހައްޖުވެރިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެދިއްޖެ
Raajje

ހައްޖުވެރިން އައުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެދިއްޖެ

ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފަހުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ވަނީ ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައުމަށްފަހު ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ކިޔައި ދީފައެވެ. މިގޮތުން އަރިފަފޯސް އާއި ރޯގާ އަދި ވައިރަލްހުވުމުން ރައްކާތެރިވުމަށް ކިނބިހި އަަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާ ކުރުމާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިގޮތުގައި ނައްތާލުމާއި، ގިނ...

ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް
Raajje

ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް

މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިއިރު، އެކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ. މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިޔައެވެ. އެ ހައްޖުވެރިންނާ އެކުގައި ޝަހީމްގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް […]

މި އަހަރު ޙައްޖުގެ އަޅުކަމަށް 1.8 މިލިއަން މީހުން، ސައޫދީގެ މަރުހަބާ!
International

މި އަހަރު ޙައްޖުގެ އަޅުކަމަށް 1.8 މިލިއަން މީހުން، ސައޫދީގެ މަރުހަބާ!

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައި ވަނީ ޖުމްލަ 1،833،164 މީހުންކަން ސައޫދީ ސަރުކާރުން ހާމަކޮށްފިއެވެ. ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އިއްޔެ އާންމު ކުރި މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބުގައިވާގޮތުން މިއަހަރު 1،833،164 މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަކުރުމުގައި ބައިވެރިވެފައެވެ. އަދި އެމީހުންނަށް މަރުހަބާ ކިޔައި އެ ޤައުމުން ބުނީ އެމީހުންނަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް މަގުފަހިކޮށްދިން ކަމަށެވެ. މިއަހަރުގެ ހައްޖުގެ ތަފާސް ހިސާބު ބ...

ޙައްޖުގެ އަޅުކަމަށްދިޔަ ޕާކިސްތާނުގެ އަންހެނަކު އަރަފާތު ބިމުގައި ވިހައިފި
International

ޙައްޖުގެ އަޅުކަމަށްދިޔަ ޕާކިސްތާނުގެ އަންހެނަކު އަރަފާތު ބިމުގައި ވިހައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަމަށްދިޔަޕާކިސްތާނަށް ނިސްބަތްވާ އަންހެނަކު އަރަފާތު ބިމުގައި ވިހައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހައްޖު ދުވަހު އަރަފާތު ފަރުބަދަމަތީގައި ޕާކިސްތާނުގެ ހައްޖާޖީއަކު ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ. މާތް ވެގެންވާ ތަނުގެ އެ ކުއްޖާ ވިހެއިއިރު، އޭނާއަށް އަރަފާތުގެ ނަމުން ނަން ދީފައި ވެެއެވެ. އެ އަންހެން މީހާ ވިހަފައި ވަނީ ބަނޑަށް 37 ވަނަ ހަފުތާގައެވެ. އެ އަންހެން މީހާ ވިހެއުމުގައި ހަރަކާތްތެރިިވި ޑޮކްޓަރުން ބުނެފައިވާގޮތުގައި މަންމަ އާއި އަލަށް އުފަންވި ކުއްޖާގެ ހާ...

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ
Raajje

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ގޮސްފިއެވެ. ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ދިޔަ ކަން އިއުލާން ކުރެއްވީ، މިހާރު ހައްޖުގެ އަޅުކަމަށް ސައުދީ އަށް ގޮސް ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޝަހީމް ވިދާޅުވީ ހައްޖުގެ އެންމެ މުހިއްމު ރުކުންކަމަށްވާ އަރަފާތު ބިމުގައި ތިބުމުގެ ރުކުން އަދާކުރުމަށް ހައްޖުވެރިން ކުރި ދަތުރު ފުރިހަމަކޮށް މިހާރު ހުރިހާ […]

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ހައްޖު ކޯޕަރޭޝަން
Raajje

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1445 ވަނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައިވާ ހުރިހާ ފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތުވަނީ ދެވިފައި ކަމަށެވެ. 1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް […]

މި މަހުގެ 20 ވަނަ ދުވަހު ސަރުކާރު ބަންދު
Raajje

މި މަހުގެ 20 ވަނަ ދުވަހު ސަރުކާރު ބަންދު

މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނު ކުރައްވައި ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ބުނެފައި ވަނީ، ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ މި 1445 އަހަރުގެ ޛުލްޙިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިޢާޔަތްކުރައްވައި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ 2024 ޖޫން 7 ވީ ހުކުރު ދުވަސްކަމަށް މިނިސްޓްރީ […]

ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުން ފުރައިފި
Raajje

ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުން ފުރައިފި

ރައީސް  ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދައުރުގެ ތެރޭގައި 1000 ދިވެހި ރައްޔިތުން، ސަރުކާރުގެ ޚަރަދުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފޮނުވަން ނިންމަވާފައިވާއިރު، އޭގެ ތެރެއިން މިއަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ފުރައިފިއެވެ. ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން މިއަހަރު ހައްޖަށް ފޮނުވަނީ 50 މީހުންނެވެ. ރިޔާސީ ފުރަތަމަ...

ބޮޑު ޢީދު ދުވަހަކީ މިމަހުގެ 16، ހައްޖު ދުވަސް އަވަސް ވެއްޖެ
Raajje

ބޮޑު ޢީދު ދުވަހަކީ މިމަހުގެ 16، ހައްޖު ދުވަސް އަވަސް ވެއްޖެ

މިއަހަރުގެ ބޮޑު ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިއެވެ. މިގޮތަށް ނިންމިކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރީ، އެ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ވަޒީރު ވިދާޅުވެފައި ވަނީ، ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނ...

ރާއްޖޭގެ ހައްޖާޖީންގެ ދެވަނަ ގްރޫޕް ފުރައިފި
Raajje

ރާއްޖޭގެ ހައްޖާޖީންގެ ދެވަނަ ގްރޫޕް ފުރައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ދެވަނަ ގްރޫޕް މިއަދު ފުރައިފިއެވެ. ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް 31 މެއި 2024 ގައި ފިރާފައިވާއިރު އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ މައްކާއަށް ގޮސްފައެވެ. މިއަދު ފުރި ދެވަނަ ގްރޫޕްގައި 354 ހައްޖާޖީން ފުރިއެވެ. ދިވެހިރާއްޖޭގެ ހައްޖު މިޝަނުން ލަފާކުރާގޮތުގައި މިއަދު ފުރި ގްރޫޕް ދަތުރުކުރާ ފްލައިޓަށް ޖިއްދާ އެއާޕޯޓަށް ޖެއްސޭވަރުވާނީ ރާއްޖެ ގަޑިން މިރޭ 21:21 ހާއިރުއެވެ. އެއީ މައްކާގެ ގަޑިން 19:21 އެވެ. މިއަހަރު […]

''ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ އަގު 50،000ރ އަށް ކުޑަކުރުމަކީ އަމާޒު''
Raajje

''ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ އަގު 50،000ރ އަށް ކުޑަކުރުމަކީ އަމާޒު''

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ގެންދާ މީހެއްގެ އަތުން ނަގާ އަގު 50،000 ރުފިޔާއަށް ކުޑަކުރުމަކީ އެ ކުންފުނީގެ އަމާޒުކަމުގައި ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރާއްޖެއިން މީހުން ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު...

ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި
Raajje

ރާއްޖޭގެ ހައްޖާޖީން ފުރަން ފަށައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ. މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. މީގެ ތެރެއިން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރިއިރު، މި ގްރޫޕްގައި މިއަދު ވަނީ 296 ހައްޖާޖީން ފުރާފައެވެ. ހައްޖާޖީން ފުރުމުގެ ކުރިން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް […]

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ
Raajje

އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ. ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި އެ ކުންފުނީގެ ޙަވާލުގައި މި އަހަރު ރަމަޟާން މަހު ޢުމުރާއަށް ގޮސްހުރި، މީހަކު މިއަދު ހެނދުނު މައްކާގައި ވަނީ ނިޔާވެފަވެއެވެ. ނިޔާވެފައި ވަނީ ފަރީދާ އާދަމް، ދަފްތަރު ނަންބަރު ރސ 9079، އެވެ. ހައްޖު ކޯޕަރޭޝަނުން ވަނީ މި ހިތާމާގައި މަރުޙޫމާގެ ޢާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ
Raajje

އުމްރާ އަށް ގޮސް އުޅުނު ހަނިމާދޫ މީހަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ހދ. ހަނިމާދޫ މީހަކު ރޭ ނިޔާވެއްޖެއެވެ. މައްކާގައި އުޅެނިކޮށް ނިޔާވީ މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ޚާލިދު އިބްރާހިމް (ޚާލިދުބޭ)، ހދ.ހަނިމާދޫ/އަލަމާގެއެވެ. ޚާލިދުބޭ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވެފައިވާކަން މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ވަނީ ބުނެފައެވެ. ޚާލިދުބެ އާއި އަންހެނުން އާރިފާ އަބުދުﷲ އުމްރާގެ އަޅުކަމަށް ފުރާފައި ވަނީ މި ޑިސެމްބަރު މަހުގެ 15 […]

މިއަހަރުގެ ހައްޖާޖީން ފުރަން ފަށައިފި
Raajje

މިއަހަރުގެ ހައްޖާޖީން ފުރަން ފަށައިފި

މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެކަންޏެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ. އެގޮތުން ރޭ ފުރީ މި އަހަރު ހައްޖަށް ދާ 453 ހައްޖުވެރިންގެ ތެރެއިން 157 މީހުންނެވެ. ރޭ 11:15ގައި ރާއްޖެއިން ސައުދީ އެއަރލައިންގައި ފުރި ހައްޖުވެރިންނަށް […]