މިއަހަރުގެ ބޮޑު ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިއެވެ.

މިގޮތަށް ނިންމިކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރީ، އެ ވުޒާރާގެ މީޑިއާ ގްރޫޕަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

އެ މެސެޖުގައި ވަޒީރު ވިދާޅުވެފައި ވަނީ، ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫން، 2024 ވާ ހުކުރު ދުވަސްކަމަށް ނިންމާފައިވާ ކަމަށެވެ.

މިއާއެކު ޢަރަފާތު ދުވަހަކީ 15 ޖޫން 2024 ވާ ހޮނިހިރު ދުވަސްކަމަށާއި އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން 2024 ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މީލާދީ ކަލަންޑަރުގައި ކުރިން އޮތް ގޮތުން މިއަހަރުގެ ބޮޑު ޢީދު ދިމާވަނީ ޖޫން 17 ވަނަ ދުވަހާއެވެ.

މިއަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް ފެނުމުން މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ޤައުމުން މިރޭ ވަނީ ކަނޑައަޅާފައެވެ.