އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅެނިކޮށް ހދ. ހަނިމާދޫ މީހަކު ރޭ ނިޔާވެއްޖެއެވެ.

މައްކާގައި އުޅެނިކޮށް ނިޔާވީ މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާ އަށް ދިޔަ ޚާލިދު އިބްރާހިމް (ޚާލިދުބޭ)، ހދ.ހަނިމާދޫ/އަލަމާގެއެވެ.

Ad
rt

ޚާލިދުބޭ އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ނިޔާވެފައިވާކަން މީގާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ފޭސްބުކް ޕޭޖުގައި ވަނީ ބުނެފައެވެ.

ޚާލިދުބެ އާއި އަންހެނުން އާރިފާ އަބުދުﷲ އުމްރާގެ އަޅުކަމަށް ފުރާފައި ވަނީ މި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

އެންމެނާއި ވެސް ވަރަށްގުޅޭ އެކުވެރި ޚާލިދުބޭ ނިޔާވުމުގެ ހިތާމާގައި މުޅި ހަނިމާދޫ ވެސް އަންނަނީ ބައިވެރިވަމުންނެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްއުޅުނު ހަނިމާދޫ ޚާލިދުބޭ ނިޔާވެފައިވާއިރު މި ދުވަސް ވަރަކީ ޑިސެމްބަރު އުމްރާއަށް ގިނަ ދިވެހިންތަކެއް ގޮސްއުޅޭ ދުވަސްވަރެކެވެ.