ހއ. ފިއްލަދޫ ކައުންސިލްގެ ހޭންޑްބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ފިއްލަދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މި އަހަރުގެ ޖުލައި މަހު ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި މުބާރާތްތައް ހިންގައިދިނުމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
މި ބީލަމުގައި ރަޖިސްޓަރީ ވުމުގެ ފުރުޞަތު މި މަހުގެ 26 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ 13:00 ގައި ފިއްލަދޫ ކައުންސިލް އިދާރާގައެވެ.
ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ 8 ދުވަހުގެ 13:00 ގައި ފިއްލަދޫ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު އެ ކައުންސިލް އިދާރާގެ އީމެއިލް info@filladhoo.gov.mv އަށް ފޮނުވައި ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!