ދިރާގު ޔޫތްލީގް 2019 ގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި ރޭވެސް ވަނީ ދެމެޗް ކުޅެފައެވެ.
ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ މާޒިޔާ ފުޓްބޯޅަ އެކެޑެމީ އާއި އީގަލްސް ފުޓްބޯޅަ އެކެޑެމީއެވެ. މިމެޗް 4-1 ގެ ނަތީޖާއަކުން ކާމިޔާބް ކުރީ މާޒިޔާ ފުޓްބޯޅަ އެކެޑެމީންނެވެ. ދެވެނަމެޗްގައި ވިކްޓްރީ ސްޕޯޓްސް ކްލަބް ފޫޓްބޯލް އެކަޑެމީ އަދި ބީޖީ ސްޕޯޓްސް އެކެޑެމީ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުން ކުރިހޯދީ ބީޖީ ސްޕޯޓްސް އެކެޑެމީންނެވެ.
ރޭ ކުޅުނު ދެ މެޗްގައި ބައްދަލުކުރި ހަތަރުޓީމުވެސް މިއީ މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ހުޅުމާލެ ސްޕޯޓްސް އެކަޑެމީ އާއި ބައްދަލުކޮށް ވަނީ 6-0 ގެ ތަފާތު ބޮޑުކޮށް ކާމިޔާބްކޮށްފައެެވެ. އީގަލްސް ކުޅުނު ފުރަތަމަ މެޗްގައި ވިކްޓްރީ އަތުންވަނީ 1-0 އިން މޮޅުވެފައެވެ. އަދި ބީޖީ ކުޅުނު ފުރަތަމަ މެޗުން ވަނީ ހުޅުމާލެ ސްޕޯޓްސް ސްކޫލް އަތުން 7-0 އިން ބަލިވެފައެވެ.
މިމުބާރާތުގައި މިހާރު ޖުމްލަ 8 މެޗް ކުޅެފައި ވާއިރު 20 އޮކްޓޯބަރ 2019 ގެ ނިޔަލައް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!