މިނިވަން ޗެމްޕިއަންޝިޕްގައި ހދ ހަނިމާދޫ ކައުންސިލްގެ ފަރާތުން ބައިވެރިވުމަށް ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަނިމާދޫ ކައުންސިލްއިން ކޮށްފައިވާ އިއުލާންގައި ވާގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށް އަންނަ ސެޕްޓެމްބަރ ފުރަތަމަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ މިނިވަން ޗެމްޕިއަންޝިޕް ގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ބައިވެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކައުންސިލްގެ ފަރާތުން ބައިވެރިވާ ޓީމްގައި ކުޅުންތެރިން އަދި އޮފިޝަލުންނާއި ކޯޗުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޯގަސްޓް 27 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހަނިމާދޫ ކައުންސިލައް ދުރުވެ ނަންނޯޓް ކުރެއްވުމަށްވަނީ އެދިފައެވެ.
އަދިި މި މުބާރާތާއިގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޮޅުންފިލުއްވުއްވުމަށް ބޭނުންފުޅުވާނަމަ ހަނިމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއް ސަލާމް އަލީ (މޯބައިލް;9658057) އާއި ގުޅުއްވުމަށްވެސް އިއުލާނުގައި ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!