ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގެ މުއައްސަސާތަކަށް ބޭއްވި ''ޑަބްލިޔުޑީސީ އިންޓަރ އޮފީސް ވޮލީ ޓޯނަމެންޓް 2026''ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ފެނަކަ އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ (ށ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު)ހޯދައިފިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފެނަކައިން ހޯދީ ށ.އަތޮޅު ޕޮލިހާއި ވާދަކޮށެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެފްސީއެސްސީ ހޯދީ އެސްއާރުސީ (ލޯކަލް ގަވަރމަންޓް އޮތޯރިޓީ - ށ.އަތޮޅު ގޮފި) އާއި ވާދަކޮށެވެ.

Ad
rt

މި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް 7000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑެލް ދީފައިވާއިރު، ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑެލް ދީފަވެއެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފެނަކައަށް ފުނަދޫ ރައީސް އާދިލް ޓްރޮފީއާއި އިނާމް ހަވާލުކޮށްދެއްވަނީ، ފޮޓޯ: ފުނަދޫ އތމކ.

މި މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑެލް ދީފައިވާއިރު، ރަނަރަޕް ޓީމަށް 2500 ރުފިޔާގެ ފައިސާގެ އިނާމާއި، ޓްރޮފީ އަދި މެޑެލް ދީފަވެއެވެ.

މި މުބާރާތުގެ ފިރިހެން ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ފުނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އާދިލް އެވެ. އަންހެން މެޗު ޝަރަފްވެރިކޮށްދެއްވީ ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މަމްދޫޙް އެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގައި ޖުމްލަ ތިން ޓީމް ވާދަކޮށްފައިވާއިރު، ފިރިހެން ޑިވިޝަންގައި ހަ ޓީމެއް ވާދަކުރިއެވެ.