އެމްޑީގެ ދެވަނަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަން ނިންމަވައި އެކަން މިއަދު ރަސްމީކޮށް ޢިއުލާންކުރަށްވައިފިއެވެ.
ފައިސަލް މިކަން ޢިއުލާންކުރެއްވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް މަޝްވަރާ ކުރައްވެމަށްފަހު އެމަނިކުފާނުގެ ތާއީދާ އެކުގައެވެ. އަދި އެ ގޮތުގައި ކުރިއަށް ގެންދެވޭނަމަ އެއީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކުރީގެ ސޯލިހަކީ ދިވެހި ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކަކާއި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް ރާއްޖޭގެ ގިނަ ބަޔަކު ޤަބޫލުކުރާކަމަށް ވިދާޅުވެ، ފައިސަލް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ.
މީގެއިތުރުން، މިއީ އުނދަގޫ މަސައްކަތެއް ކަމަށާއި، މިކަމަށް ބޭނުންވަނީ ރެޔާއި ދުވާލު މެދުކެނޑުމެއްނެތި ބުރަކޮށް މަސައްކަތްކުރެވޭނެ ވަރުގަދަ ޓީމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
އެ ޕްރޮގްރާމަށްފަހު ފައިސަލް މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވަނީ އެކަމަށް އެމްޑީޕީގެ މެމްބަރުންގެ ތާއީދަށް ވަނީ އެދިވަޑައިގެންފައެވެ.
''އަޅުގަނޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމައިފިން. އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ އިޚްލާސްތެރި ތާއީދަށް އެދި ދެންނެވިން'' ފައިސަލް ވިދާޅުވެފަވެއެވެ.
އަޅުގަނޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމައިފިން. އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ އިޚްލާސްތެރި ތާއީދަށް އެދި ދެންނެވިން.
__ ފައިސަލް ނަސީމް#FaisalAzim2028
#MDPPresidentialPrimary
#VoteFaisal
#RanreendhooFathihakah— Faisal Naseem (@FaisalNasym) October 8, 2026
ފައިސަލާއެކު ރަނިން މޭޓެއްގެ ގޮތުގައި ނުކުންނަވާނީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އާޒިމް ވެސް ވަނީ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ދެން ވާދަކުރަށްވަނީ އެ ޕާޓީގެ ކުރީގެ ރައީސް ޢަބުދުﷲ ޝާހިދާއި، ކުރީގެ ޗެއާޕާސަން ފައްޔާޟު އިސްމާއީލް އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!