ދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ މޫދަށް އެރި އުޅެނިކޮށް ހަބަރު ހުސްވެފައި އޮއްވާ ފެނުނު ޗައިނާގެ ދެ ފަތުރުވެރިން މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ހަވީރު ބުނެފައިވަނީ، ދ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން، ދ. އަތޮޅު ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގެ ތަފްސީލު ހާމަކުރަމުން ފުލުހުން މިރޭ ބުނީ، އެ ދެ މީހުން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވެފައިވަނީ ފަތުރުވެރިކަމަށް ރާއްޖެ އައިސް އުޅުނު ޗައިނާއަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!