ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީއެމްއެލްއިން ހޯދައިފިއެވެ.

ޔުނައިޓެޑް ބީއެމްއެލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ޕޮލިސް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 11-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ބީއެމްއެލްގެ އާމިނަތު ނަޖުމާ 10 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޔުނައިޓެޑް ބީއެމްއެލްގެ އާމިނަތު ނަޖުމާ، އަމާލް ހާމިދު، އަދި ޕޮލިސް ޔުނައިޓެޑްގެ ސިމާ އިބްރާހިމް ޝިހާމް އާއި އާއިޝަތު ހާޝިމާގެ އިތުރުން ހައްވާ ބަހިއްޔަތު އަދި އެސްއާރްސީގެ މަރިޔަމް ރިފާ އާއި ށ.އަތޮޅު ހޮސްޕިޓަލްގެ ސާދުނާ މުހައްމަދެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ޔުނައިޓެޑް ބީއެމްއެލްގެ އައިޝަތު ޝިފްލާ އެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ޔުނައިޓެޑް ބީއެމްއެލްގެ އައިޝަތު ޝަޒުފާ އަހުމަދު ހޮވުނުއިރު، މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމަންޓްގެ މަގާމު ހޯދީ ޔުނައިޓެޑް ބީއެމްއެލްގެ އައިޝަތު ނަޖުމާ އެވެ.

ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އިން އިންތިޒާމްކޮށްގެން މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 27 ސެޕްޓެމްބަރ އން 03 އޮކްޓޫބަރަށެވެ.