ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލާން ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގުރައިދޫގެ ސިނާއީ ސަރަހައްދުގައި 2020 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު އަލޮމް މިއާ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ވެސް ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ.
އެ މައްސަލާގައި ބަބުލް އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން އިއްޔެ ކޯޓުން ހުކުމްކުރީ ޝާހުގެ ވާރިސުންގެ ބަސް ހޯދިއިރު، ވާރިސުން މަރުގެ ދިޔަ ބޭނުންވާ ކަމަށް ބުނުމުންނެވެ.
ބަބުލް އުމުރަށް ޖަލަށްލި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރާނެ އެވެ.
އޭނާ އެ މައްސަލާގައި ހައްޔަރުކުރީ އެ ހާދިސާއާ ގުޅިގެން އެރަށުގެ އެކިތަންތަން ބަލައި, ފާސް ކުރުމަށްފަހު އެވެ. އަދި އެ ހާދިސާގައި އޭނާއަށް ވެސް އަނިޔާތަކެއް ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!