ހއ. ދިއްދޫގައި މިވަގުތު ދިރިއުޅެމުންދާ އެންމެ ދުވަސްވީ މީހާ ކަމަށްވާ އެރަށު އިތާމާގެ، އާމިނަތު މޫސާ އަށް 100 އަހަރު ފުރިއްޖެއެވެ.

އާމިނަތު މޫސާގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. ދިއްދޫ ކައުންސިލްގެ ރައީސާއި، ނައިބު ރައީސްގެ އިތުރުން ކައުންސިލް މެންބަރުން ވަނީ އޭނާގެ ގެއަށް ޒިޔާރަތްކޮށް މަރުހަބާ ކިޔާފައެވެ.

Ad
rt

މީގެ އިތުރުން ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއި، ނައިބު ރައީސް އަދި އެ ކޮމިޓީގެ މެންބަރުން ވެސް ވަނީ މި ޒިޔާރަތުގައި ބައިވެރިވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ އާމިނަތު މޫސާގެ ހާލު ބަލައި، އޭނާގެ ހަޔާތުގެ މި މުހިންމު ލަނޑުދަނޑި ފާހަގަކޮށް ހެޔޮ ދުއާ ފޮނުވާފައެވެ.

ދިއްދޫގެ ރައްޔިތުންނާއި މުއައްސަސާތަކުން އަންނަނީ މިފަދަ ދުވަސްވީ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ބޭނުންވާ ލޯތްބާއި އިހުތިރާމް އަދި އަޅާލުން ފޯރުކޮށްދެމުންނެވެ.

އާމިނަތު މޫސާއަކީ މިއަދު މުޅި ރަށަށް ވެސް ހުރި ނަމޫނާއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.