ހދ.ނޮޅިވަރަމް ޕީއެންސީ ޖަގަހަ ރޭ ހުޅުވައިފިއެވެ.

ނޮޅިވަރަމްގައި ރޭ ބޭއްވި އިވެންޓެއްގައި މި ޖަގަހަ ހުޅުވައިދެއްވީ ޕީއެންސީ ޑެޕިއުޓީ ޕީޖީ ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލްއެވެ.

Ad
rt

މުހައްމަދު އިސްމާއީލަކީ ލޯކަލް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ހދ. އަތޮޅުގެ ކެމްޕޭނާއި ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތެވެ. އޭނާ ހިމެނޭހެން ޕީއެންސީގެ ވަފުދެއް މިހާރު ދަނީ ހދ. އަތޮޅުގެ ރަށްތަކަށް ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމުގެ ދަތުރެއް ކުރަމުންނެވެ.

ނޮޅިވަރަމް ޕީއެންސީ ޖަގަހަ ހުޅުވައިދެއްވުމަށްފަހު މުހައްމަދު އިސްމާއީލް ރޭ އެޖަގަހައިގައި ވާހަކަ ދައްކަވަމުން ތަރައްގީ އަށް ޓަކައި ސަރުކާރަށް އެއްބާރުންދޭނެ ޕީއެންސީގެ ކައުންސިލެއް އިންތިޚާބުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މުހައްމަދު ވަނީ ޕީއެންސީގެ ވަފުދަށް ނޮޅިވަރަމުންކީ މަރުޙަބާ އަށް ޝުކުރުއަދާކުރަށްވައި، ނޮޅިވަރަމްގެ ޕީއެންސީގެ ޓީމުގެ ބަދަހިކަމުގެ މައްޗަށް ތައުރީފް ކުރަށްވާފައެވެ.

ރޭގެ އިވެންޓްގައި ޕީއެންސީގެ ނޮޅިވަރަމް ކެންޑިޑޭޓުންނާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ރަޝީދުބެ) ވެސް ބައިވެރިވިއެވެ.