މި ޖަނަވަރީ މަހު ޢުމްރާ އަށް ގޮސްހުއްޓައި ހާލުދެރަވެގެން ފަރުވާދެމުންދިޔަ، މުޙައްމަދު ހަސަން (ވައިކަރަދޫ ސާނިޔާ މުޙައްމަދުބެ، 86 އަހަރު) ނިޔާވެއްޖެ އެވެ.

ގިބްލަ ހައްޖު ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ ސާނިޔާ މުޙައްމަދުބެ ނިޔާވީ ރޭގެ ވަގުތެއްގައި މައްކާ ހޮއްޕިޓަލުގަ އެވެ. ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ މަޣްރިބް ނަމާދުގެ ފަހުގައި މަސްޖިދުލް ޙަރަމްގައެވެ.

Ad
rt

މީގެ ދެދުވަސް ކުރިން އޭނަގެ ދަރިޔަކު ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި ބުނެފައިވަނީ ބައްޕަ އަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގައި ކަމަށެވެ.

މި ޗުއްޓީގައި ރާއްޖެއިން އުމްރާ އަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކު ނިޔާވެފައިވެ އެވެ. އެއީ އަލްމަނާސިކްގެ ހަވާލުގައި އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނަކާއި ސަފާ ގުރޫޕާއި ހިޖާޒް ގްރޫޕް އިން އުމްރާ އަށް ދިޔަ ދެ ފިރިހެނުންނެވެ.

މި ޗުއްޓީ ތެރޭގައި އުމްރާ އަށް ދިޔަ އެހެން މީހެއްގެ ހާލު ވެސް ގޯސްވެފައި ވަނިކޮށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެ އެވެ.