އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދި 19 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދާފައި ވަނީ ސ. ފޭދޫ، ހަމްދަރުދީގެ، ޙައްވާ ރާއިދާ މުނީރު (19އ) އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 8 ޖެނުއަރީ 2026 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އެ ދުވަހުގެ 14:52 އެހައިކަންހާއިރުއެވެ.
އޭނާ ގެއްލިފައިވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ފަށައި ފުލުހުން މިރޭ ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނިރޭ އޭނާ ފެނިފައި ވަނީ އެ މަސައްކަތުގައި އުޅުނު އާންމުންގެ ބަޔަކަށެވެ.
މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!