ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލި ޝަރަފް (ނ.ދ.ޝ.ޢ)ގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފިއެވެ.
މި ޝަރަފްއާދަމްއަބުދުއްރަޙްމާނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ޝަރަފް އާދަމްއަބުދުއްރަޙްމާނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޝަރަފާއި ހަވާލުވެލެއްވީ އާދަމް އަބުދުއްރަޙްމާނެވެ.
އާދަމް އަބުދުއްރަޙްމާނަކީ ހއ.އަތޮޅުވެރިކަމާއި، އަތޮޅުތެރޭ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަމާއި، އުތީމު ގަނޑުވަރުގެ މުދީރުކަމާއި އަދި މިނޫން ވެސް ގިނަ ދައުލަތުގެ އިސް މަގާމްތަކެއް ފުރުއްވާފައިވެއެވެ.
އާދަމް އަބުއްރަހްމާނަށް 2004 ވަނަ އަހަރު ދިވެހި ޅެންވެރިކަމަށް ޚިދުމަތް ކުރުމުގެ ޤައުމީ އިނާމް އަދި 2016 ދިވެހި ޤައުމީ އިނާމް ވަނީ ލިބިލައްވާފައެވެ.
އާދަމް އަބުއްރަހްމާނަކީ ލިޔުންތެރިއެއްގެ އިތުރުން މޮޅު ވާހަކަދެއްކުން ތެރިއެއް އަދި މޮޅު އަދީބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!