ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ''ތިލަދެކުނު ޤުރްއާން މުބާރާތް 2025'' ގެ ދަރިވަރުންގެ ބައިން އެއްވަނަ، ހދ. އަތޮޅު މަދަރުސާގެ ދަރިވަރު އަލްތޯފް މުޙައްމަދު ޝަފީޤު، ކަނބުރު، ހދ. ވައިކަރަދޫ ހޯދައިފި އެވެ.

ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ. މަކުނުދޫގަ ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

Ad
rt

މި އަހަރުގެ މުބާރާތުގެ ސްކޫލްބައިން، މުޅި މުބާރާތުން އެއްވަނަ އަށް އިނާމް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތު ސަރަފްވެރިމެހެމާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

އަލްތޯފް މުޙައްމަދު ޝަފީޤު އަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ވަނީ ދީފައެވެ. އަދި ކައުންސިލް ބައިން އެއްވަނަ އަށް ހޮވުނު ފަރާތަކަށް ވެސް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ވަނީ ދީފަ އެވެ.

މި މުބާރާތުގެ އެއްވަނަ އަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލް އެވެ. ދެވަނަ އަށް ހދ އަތޮޅު ތައުލީމީ މަރުކަޒު ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ އަފީފުއްދީން ސްކޫލް އެވެ.

މި މުބާރާތުގައި ހދ. އަތޮޅުގެ 13 ރަށަކުން 15 ސްކޫލަކުން ވާދަކުރިއެވެ. ސްކޫލްބައިގައި ޖުމްލަ 168 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި މުބާރާތުގައި، އަތޮޅުގެ 8 ކައުންސިލަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހދ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މި މުބާރާތަށް މަކުނުދޫ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މުބާރާތް ކުރިއަށް ދިޔައީ އެކަމަށްޓަކައި ހާއްސަކޮށް ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައިވާ ހޯލެއްގައި ކަމަށެވެ.