މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން 90،000 ހާހެއްހާ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.
ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ 90،000 އެއްހައި ދަރިވަރުންނާ އެކުގައި ކަމަށެވެ.
ދިރާސީ އައު އަހަރެއް މިއަދު ފެށިއިރު ސަރުކާރުން ހިންގާ 216 ގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދާނެއެވެ.
ތައުލީމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ 11،000 މުދައްރިސުންނާއެކުގައެވެ. އޭގެތެރެއިން 10،000 މުދައްރިސުންނަކީ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުންކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު، ތައުލީމަކީ ވާދަވެރި މުބާރާތަކަށް ހަދައި ތައުލީމު ދިނުމުގައި ސްކޫލުތައް ވާދަވެރިނުވުމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ރޭ ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގަ އެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގަ އެވެ.
ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގަ އެވެ. މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް އަންނަ 2026 ވަނަ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ޑިސެމްބަރުގައި ލިބޭނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ކުރިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!