Skip to main content
Topic Archive

#ތަޢުލީމު

33 Stories filed
267 ސެންޓަރުގައި 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާން ފަށައިފި
Raajje

267 ސެންޓަރުގައި 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާން ފަށައިފި

މިއަހަރުގެ އޯލެވެލް އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. ގްރޭޑް 10 ނިންމާ ދަރިވަރުން ބައިވެރިވާ މި އިމްތިޙާނު މިއަދުން ފެށިގެން ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އިމްތިޙާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިންނެވެ. ތަޢުލީމާ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވެފައިވެއެވެ. އ...

ދެވަނަ ޓާމުގެ ކިޔެވުން ފެށުން: ދޫކޮށްލައިގެންނުވާނެ ކަންކަން
Report

ދެވަނަ ޓާމުގެ ކިޔެވުން ފެށުން: ދޫކޮށްލައިގެންނުވާނެ ކަންކަން

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި މިއަދު ފަށާފައިވާއިރު، މި ޓާމަކީ މުޅި އަހަރުގެ ނަތީޖާ ކަށަވަރުކުރާ ދުވަސްވަރުކަމަށްވާތީ، މިއީ ކޮންމެ ދަރިވަރެއްގެ ތަޢުލީމީ ޙަޔާތުގައި މުޙިއްމު މަރުޙަލާތަކެއް އަންނާނެ ޓާމެކެވެ. އެހެންކަމުން އަހަރުގެ ފުރަތަމަ ޓާމާ ޚިލާފަށް، މި ދުވަސްވަރު ދަރިވަރުންނާއި ބެލެނިވެރިން  ހާއްސަ ސަމާލުކަން ދޭންޖެހޭ މުޙިއްމު ކަންތައްތަކެއް ހުންނާނެއެވެ. ވަގުތަށް ސަމާލުކަން ދިނުން ޗުއްޓީއަށްފަހު، އަލުން ކިޔެވުމަށް އެނބުރި އަންނައިރު ވަގުތު “މެނޭޖް” ކ...

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް
Raajje

ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

މި އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް މިއަދު ޗުއްޓީ އަށް ގޮސްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ތާވަލުގައިވާ ގޮތުން، ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. މި ހިނގާ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ލިބޭނީ މިއަހަރުގެ ޑިސެންބަރު މަހުގެ 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 16 […]

ދަރިވަރުންގެ ކިބައިގައި ދީނީ އަޚްލާޤީ ރީތި ސިފަތައް އަށަގެންނެވުމަށް "ބިންގާ" ޕްރޮގްރާމް ފަށައިފި
Raajje

ދަރިވަރުންގެ ކިބައިގައި ދީނީ އަޚްލާޤީ ރީތި ސިފަތައް އަށަގެންނެވުމަށް "ބިންގާ" ޕްރޮގްރާމް ފަށައިފި

ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތަކާއި އާދަތައް އަށަގަންނުވައި، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ “ބިންގާ” ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ރަސްމީކޮށް ފަށައިފިއެވެ. ތައުލީމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ޕްރޮގްރާމަކީ ތަފާތު ތީމްތަކަކަށް ބަހާލައިގެން، މުޅި އަހަރު ދުވަހަށް ދެމިގެންދާގޮތަށް ރޭވިފައިވާ ޚާއްސަ ހަރަކާތެކެވެ. “ބިންގާ” ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސްކޫލްތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމަޢުގެ ބައިވ...

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި
Raajje

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

ދޮޅުމަސް ދުވަހުގެ ބޮޑު ޗުއްޓީއަށްފަހު، ރާއްޖޭގެ 219 ސަރުކާރު ސްކޫލެއްގައި މިއަދު އާ ދިރާސީ އަހަރުގެ ކިޔެވުން ފަށައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ޖުމްލަ 80,715 ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާނެއެވެ. އޭގެ ތެރެއިން ގްރޭޑް 1 އަށް އަލަށް 4,790 ދަރިވަރުން ވަނީ ވަދެފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަތް 1,748 ދަރިވަރުންނާއި އަތޮޅުތެރޭގެ ސްކޫލްތަކަށް ވަތް 3,042 ދަރިވަރުން ހިމެނެއެވެ. ދަރިވަރުންނަށް ކިޔަ...

ކްލާސްރޫމްތައް އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ، އަންނަ ދިރާސީ އަހަރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީ ސްޓާފްރޫމްތައް: ރައީސް
Raajje

ކްލާސްރޫމްތައް އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ، އަންނަ ދިރާސީ އަހަރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީ ސްޓާފްރޫމްތައް: ރައީސް

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކްލާސްރޫމްތައް މި އަހަރު ނިމުމުގެ ކުރިން އޭސީ ކުރުމުގެ ޓާގެޓަށް ވާސިލްވެވޭނެ ކަމަށާއި، އަންނަ ދިރާސީ އާ އަހަރު ފެށޭއިރު ޓީޗަރުންވެސް ބޭނުންކުރާނީ އޭސީކުރެވިފައިވާ ސްޓާފްރޫމްތައް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރޭ މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދާއިރާއަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ދ...

ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް އެކަޑެމިކް ކަލަންޑަރު ނެރެފި
Raajje

ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް އެކަޑެމިކް ކަލަންޑަރު ނެރެފި

ސްކޫލުގެ ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލުކޮށް 2026 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރު ނެރެފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ނެރެފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ. ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް […]

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ސްކޮލާޝިޕް 1ވަނަ ހޯދި 11 ދަރިވަރަކަށް
Raajje

ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް ހިމެނޭހެން ރައީސްގެ ސްކޮލާޝިޕް 1ވަނަ ހޯދި 11 ދަރިވަރަކަށް

މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއްވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް 11 ދަރިވަރުންނަށް، ހައިއެޗީވަރސް ސްކޮލަރޝިޕް 87 ދަރިވަރުންނަށް ލިބިއްޖެއެވެ. ރޭ ބޭއްވި “މަތީ އަރުތަވެރިންގެ އިނާމު 2024” ގެ ފަސްވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެއެވެ. މި ދަންފަޅީގައި މަތީ ޘާނަވީއާއި ޘާނަވީ އިމްތިޙާނުތަކުން އެންމެ މޮޅު ނަތީޖާ ހާސިލުކުރި ދަރިވަރުންގެ އަގު ވަޒަންކޮށް، އިނާމުދީފަވެއެވެ. މާލޭގެ ޒުވާނުންގެ މަރުކަޒުގައި އޮތް މި ރަސްމިއްޔާތުގައި...

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި
Raajje

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން 90،000 ހާހެއްހާ ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ. ތައުލީމާ ބެހޭ ވުޒާރާއިން މިއަދު ބުނީ މި އަހަރުގެ ކިޔެވުން ފަށާފައި ވަނީ 90،000 އެއްހައި ދަރިވަރުންނާ އެކުގައި ކަމަށެވެ. ދިރާސީ އައު އަހަރެއް މިއަދު ފެށިއިރު ސަރުކާރުން ހިންގާ 216 ގައި 84000 އެއްހާ ދަރުވަރުން ކިޔަވަމުންދާނެއެވެ. ތައުލީމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ 11،000 މުދައްރިސުންނާއެކުގައެވެ. އޭގެތެރެއިން 10،000 މުދައްރިސުންނަކީ ސަރުކާރު ސްކޫލުތަކުގައި […]

ސްކޫލްތައް އޭސީކުރުމުގެ މަޝްރޫޢު ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ
Raajje

ސްކޫލްތައް އޭސީކުރުމުގެ މަޝްރޫޢު ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަނީ

އެއަރކޮންޑިޝަންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢުގެ ދަށުން އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް އިޔާދަކުރަނިވި ހަކަތައިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ. ރައީސްގ...

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފި
Raajje

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހްކޮށްފި

މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް މިއަދު އިފުތިތާހުކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ތަޢުލީމާއިބެހޭ ވުޒާރާއިން ބުނެފައިވަނީ މިއީ ތަމްރީނުވެފައި ތިބި، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުން ބިނާ ކުރުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ މުދައްރިސ...

ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި
Raajje

ޗުއްޓީއަށްފަހު ދެވަނަ ޓާމްގެ ކިޔެވުން ފަށައިފި

އެއް ހަފުތާގެ ޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފިއެވެ. ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ސްކޫލްތައް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރެފައިވާ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މި ފެށުނު ދެވަނަ ޓާމްގެ މިޑްޓާމް ޗުއްޓީ ދުވަސްވަރަކީ 22 ޑިސެމްބަރު 2024 އިން 2 ޖެނުއަރީ 2025 އަށެވެ. މިއަދު ފެށުނު ދެވަނަ ޓާމްގެ ކިޔެވުން ނިމި މި ދިރާސީ އަހަރު ނިމޭނީ އަންނަ އަހަރުގެ […]

ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުންނާއިއެކު އޭލެވެލް އިމްތިހާނު ފަށައިފި
Raajje

ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުންނާއިއެކު އޭލެވެލް އިމްތިހާނު ފަށައިފި

އެޗްއެސްސީ، އެޑެކްސެލް އަދި ކޭމްބްރިޖް އޭލެވެލް އިމްތިހާނުތައް މިއަދު ފަށައިފިއެވެ. މި އިމްތިހާނުތަކުގައި ޖުމްލަ 4293 ދަރިވަރުން ބައިވެރިވެއެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3842 ދަރިވަރުން ބައިވެރިވެފައިވާއިރު، ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައި ވަނީ 443 ދަރިވަރުންނެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 1663 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އިމްތިހާނުތައް ޖުމްލަ 48 ސެންޓަރެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިހާނު ނޮވެމްބަރ މަހު 14 ވަނަ ދުވަހާއި ހިސާބަށް ކުރިއަށްދާނެއެވެ....

ރައީސް ދެއްވާ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް
Raajje

ރައީސް ދެއްވާ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް

ރައީސް ދެއްވާ ސްކޮލާޝިޕާއި، ސަރުކާރުންދޭ ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް ދީފިއެވެ. މަތީ ސާނަވީ އިމްތިހާނުތަކުގެ 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދައިގެން މި ސްކޮލާޝިޕްތައް ހާސިލްކުރި ދަރިވަރުންނަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބުނީ 19 ދަރިވަރަކަށެވެ. އޭގެ އިތުރ...