ހަތަރު ހާހަށްވުރެ ގިނަ ދަރިވަރުންނާއިއެކު އޭލެވެލް އިމްތިހާނު ފަށައިފި
އެޗްއެސްސީ، އެޑެކްސެލް އަދި ކޭމްބްރިޖް އޭލެވެލް އިމްތިހާނުތައް މިއަދު ފަށައިފިއެވެ. މި އިމްތިހާނުތަކުގައި ޖުމްލަ 4293 ދަރިވަރުން ބައިވެރިވެއެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުގައި 3842 ދަރިވަރުން ބައިވެރިވެފައިވާއިރު، ކޭމްބްރިޖް އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައި ވަނީ 443 ދަރިވަރުންނެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 1663 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި އިމްތިހާނުތައް ޖުމްލަ 48 ސެންޓަރެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިހާނު ނޮވެމްބަރ މަހު 14 ވަނަ ދުވަހާއި ހިސާބަށް ކުރިއަށްދާނެއެވެ....