އޭ ލެވެލް އިމްތިހާނު ހުއްޓުމަކަށް، ދަރިވަރުންނަށް ދެ ގޮތެއް!
ޕޭޕަރުތައް ލީކުވަމުންދާތީ ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ކުރިއަަށް ނުގެންދަން ނިންމައި ދަރިވަރުންނަށް ދެ ގޮތަކަށް ފުރުޞަތު ދޭން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ. މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ފުރަތަމަ ޕޭޕަރެއް ލީކުވިކަން އެނގިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ޕޭޕަރ ލީކް ވުމުން ކަމަށެވެ. އެކަން އެނގުމުން ހަމައެދުވަހުން އެދުވަހަށް އެޑެކްސެލްއާއި އެކު ބައްދަލުވުމެއް ބ...