ސްޓޭޓް ޓްރޭޑިން އޯގަނަައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރިއެއް ގޮތަށް ދައްކަައި ‘’އެސްޓީއޯ ސްޕަރމާކެޓް’’ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގަމުން އަންނާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
‘’އެސްޓީއޯ ސްޕަރމާކެޓް’’ ނަމުގައި ހިންގަނީ ފޭކް ފޭސްބުކް ޕޭޖެއްކަން ބަޔާންކޮށް އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އޮފިޝިއަލް ޕޭޖަކީ ‘’އެސްޓީއޯ ޕީޕަލްސް ޗޮއިސް ކަމަށެވެ.

އެހެންވެ، އެކަމަށް ސަމާލުވެ، މިފަދަ ކަމެއް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!