ކުޅުދުއްފުށީގައި އަންނަ އަހަރު ތެރޭގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދޭވަރުވާނެކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ އައިޑީ ކާޑުގެ ޚިދުމަތަކީ ގިނަ ސަރުކާރުތަކަކުން ކުޅުދުއްފުށިން ސީދާ ޕްރިންޓުކޮށްގެން ޚިދުމަތްދޭނެ ކަމަށް ވަޢުދުވެފައިވާ ޚިދުމަތެއްކަން ފާހަގަކުރަށްވައި، އެކަން ކުޅުދުއްފުށީގައި ފެށޭނެ ދުވަހެއް އޮޅުން ފިލުވަން ސުވާލުކުރަށްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އިހްސާން ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅުއްވާ ހުރިހާ އަތޮޅުތަކުގައި އަތޮޅުވެރިކަން ކުރާ ރަށުގައި ނުވަތަ އެ ކަނޑައެޅޭ ބައެއް ރަށްރަށުގައި އައިޑީ ކާޑު ޕްރިންޓުކޮށް އިޝޫކުރުމުގެ ޚިދުމަތް ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށެވެ.
އޭގެތެރޭގައި ހިމެނިގެން ކުޅުދުއްފުށި ސިޓިއަކީ ވެސް އެ ޚިދުމަތް ފަށަން ރާވާފައި އޮތް ރަށެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
''އެހެންނަމަވެސ،ް މި ކަމަކީ ގާތްގަނޑަކަށް ޕްރިންޓިންގއާ އެއްކޮށް އެއް ލައްކަ ވިހިހާސް ރުފިޔާ ގާތްގަނޑަކަށް ޖުމުލަކޮށް ޚަރަދުވާ ކަމެއް ކަމަށްވާތީވެ،
އަޅުގަނޑުމެން ބަޖެޓުކޮށްފައި އިންނާނެ މިހާރު އަންނަ އަހަރު ތެރެއަށް ކުޅުދުއްފުށި ވެސް ލާން، އެހެންވީމ،ާ މެޝިނަރީ އަޅުގަނޑުމެންނަށް ލިބޭ ވަރަކުން އަޅުގަނޑުމެންގެ ޕްރިއޮރިޓީން ލާނަން'' ވަޒީރު ވިދާޅުވިއެވެ.
އެހެންނަމަވެސ،ް އެ ސިޓީ ކައުންސިލަކުން ނުވަތަ އަތޮޅު ކައުންސިލަކުން މެޝިނަރީއާއި ތަން ޕްރޮވައިޑްކޮށްދީފި ކަމަށްވާނަމަ އެ ޚިދުމަތް ފަށައިދިނުމަކީ މިހާރު ވެސް ޢަމަލުކުރަމުން އަންނަ އުސޫލެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
''އެހެންވީމ،ާ ކުޅުއްދުއްފުށި ސިޓީގައި ވެސް އަޅުގަނޑުމެންގެ ޓައިމްލައިނަށްވުރެ ކުރިން ފައްޓަވަން ބޭނުންފުޅުވާ ނަމަ ސިޓީ ކައުންސިލުން އެދިވަޑައިގެންފައި ބޭނުންވާ އެ މަޢުލޫމާތު އަޅުގަނޑުމެން ހިއްސާކުރާނަނ.ް އެއަށްފަހުގައި އެ ތަކެތި ހޯއްދަވައިދެއްވީމަ އަޅުގަނޑުމެން އެ ޚިދުމަތް ފަށާނަން އިނގޭތޯ؟'' ވަޒީރު ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!