ރާއްޖެ ޓިކްޓޮކްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅެފި ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މާލޭގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މިއަދު ހެނދުނު މާލޭގެ މާފަންނުގައި ހުންނަ ގެއަކަށް ވަދެ ދެ މީހަކު ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން މިހާރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީން ކޯސް ފަށައިފި ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ފަށައިފިއެވެ. މި ކޯސް ކުރިއަށްގެންދަނީ އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގައެވެ. ކޯސް ފެށުމަށް މި ޖުލައި މަހުގެ 20 ވަނަ ދުވަހު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރު އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ހަރަދުގެ މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ފަށަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމުގެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އދ. އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު ރައީސް އިބޫ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ކުރަން ހާމަކުރަން ކުރީގެ ސަރުކާރުން ދެކޮޅު ހެދި ނަމަވެސް އޭރުގެ އިންފޮމޭޝަން ކޮމިޝަނަރާއި ހައި ކޯޓުން ވެސް ނިންމީ އެ މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ. އެ ނިންމުމާ ދެކޮޅަށް އޭރު […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ވިޔަފާރި އެކި ރަށްރަށުގައި 43 ޖަނަރޭޓަރު އަލަށް ގާއިމްކުރެވިއްޖެ: ފެނަކަ މި އަހަރުގެ މިއަދާއި ހަމައަށް 43 ޖެނަރޭޓަރެއް އަލަށް އެކި ރަށްރަށުގައި ގާއިމްކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯ އިންޓަވިއެއްގައި ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ، މި އަހަރު ފެށުނުއިރު ފެނަކައިން ހިދުމަތްދޭ ގިނަ ރަށް ރަށުގައި ހުރި ޖަނަރޭޓަރުތަކުގެ ހާލަތު ހުރީ ރަނގަޅުކުރަން ޖެހިފައި ކަމަށެވެ. އަދި ރަށްރަށުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައި ކަމަށެވެ. އެގޮތުން، ވަރަށް ގިނަ ޖެނެރޭޓަންތަކެއް ހުރީ އޯވަހޯލް ކުރަންޖެހިފައި... އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ ށ.އަތޮޅުގައި އިބަމަ ޕްރޮގްރާމްގެ މެޕިންގް މަރުހަލާ ފެށިގެން ކުރިއަށް ށ.އަތޮޅުގައި ފަށާފައިވާ އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) ތަމްރީން ކުރުމުގެ ޕްރޮގްރާމްގެ މެޕިންގް މަރުހަލާ ފަށައިފިއެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއާއި ށ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް، އެ އަތޮޅު ވެރިކަންކުރާ ފުނަދޫގައި ފަށާފައި ވަނީ 16 ޖުލައި 2024 އެވެ. އެއަށްފަހު މި ޕްރޮގްރާމެގެ މެޕިންގް މަރުހަލާ މިހާރު ފަށާފައިވާއިރު، ހަ ރަށެއްގައި މިހާރު ވަނީ މި ބައި ކުރިއަށް ގެންގޮސްފައެވެ. އެ ރަށްތަކަކީ ކަނޑިތީމު، ޅައިމަގު، ނޫމަރާ، […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބައިނަލްއަގުވާމީ އާޓް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: އަސްވާޑު ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިރޭ ވިދާޅުވެއްޖެއެވެ. “އަންވެއިލިން ވިޝަން 2024” ގެ ނަމުގައި އާޓް ގެލަރީގައި ކުރިޔަށްދާ މައުރަޒާ ގުޅޭ ގޮތުން ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަސްވާޑް ވިދާޅުވީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުން... މުޙައްމަދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ މެލޭޝިއާގެ ރަސްގެ ފާނުގެ މަގާމަށް ބިލިއަނަރ ސުލްތާން އިބްރާހިމް އިސްކަންދަރު މެލޭޝިއާގެ 17 ވަނަ ރަސްގެފާނުގެ ގޮތުގައި ބިލިއަނަރެއް ކަމަށްވާ ސުލްތާން އިބްރާހިމް އިސްކަންދަރު ހޮނިހިރު ދުވަހު އިސްކޮށްފިއެވެ. ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގައި ބޭއްވުނު ކުލަގަދަ ސަގާފީ ރަސްމިއްޔާތެއްގައި އެމަނިކުފާނު ވަނީ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ފަސް އަހަރުގެ ރަސްކަމުގެ ދައުރަކަށް އެމަނިކުފާނު އިސްކުރެވުނު އިރު ރަސްކަމުގެ ހުވައި މީގެ ހަ މަސް ކުރިން އޭނާ ވަނީ ކުރައްވާފައެވެ. މެލޭޝިއާގެ ރަސްކަމުގެ ނިޒާމުގައި އޮންނަ ގޮތުން މެލޭޝިއާގެ ނުވަ ދަރިކޮޅުގެ ތެރެއިން ދަރިކޮޅަކަށް ނިސްބަތްވާ ބޭފުޅ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
މަޖިލިސް މަޖިލީހުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވަފްދެއް، ޗައިނާ އަށް ފުރާވަޑައިގެންފިއެވެ. މަޖިލީހުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ އަށް ވަނަ ސައުތު އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ. މި އެކްސްޕޯ އަށް ވަޑައިގެންނެވި މަޖިލިހުގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމާއި ވެރިކަން ކުރާ، މައި ޕާޓީ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ. ވަފުދުގައި ހިމެނިވަޑައިގަންނަވާ މެމްބަރުނ... މުޙައްމަދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗެޓްޖީޕީޓީ އެންޓަރޕްރައިސްއަށް އޯޕަންއޭއައި އިން އިތުރު ބާރުތަކެއް ދޭން ފަށައިފި އޯޕަންއޭއައި އިން ޗެޓްޖީޕީޓީ އެންޓަރޕްރައިސްއަށް ވިޔަފާރިތަކަށް އަމާޒުކޮށްގެން އިތުރު ކޮންޓްރޯލްތަކެއް ތަޢާރަފުކޮށްފިއެވެ. މި އަޕްޑޭޓްތަކުގެ އަމާޒަކީ ކޮމްޕްލަޔަންސް، ޑޭޓާ ސެކިއުރިޓީ އަދި ޖެނެރޭޓިވް އޭއައި އަށް އެކްސެސް ފުޅާކުރުމެވެ. މި ގޮތުން ތަޢާރަފުކޮށްފައިވާ އެންޓަރޕްރައިސް ކޮމްޕްލަޔަންސް އޭޕީއައި އިން ޖީޑީޕީއާރު، ހިޕާ އަދި ފިންރާ ފަދަ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްކުރުމަށް މަގުފަހިކޮށްދެއެވެ. މި އޭޕީއައި އިން އޮޑިޓްކުރުމަށްޓަކައި ހުރިހާ އިންޓަރެކްޝަންތަކެއްގެ ތަފްސީލީ އަދި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔަމަނުގެ ހުދެއިދާއަށް އިޒްރޭލުން ދިން ހަމަލާއަށް ބަދަލު ހިފާނެކަމަށް ހޫތީން ބުނެފި ޔަމަންގެ ޕޯޓް ސިޓީ ހުދެއިދާއަށް އިޒްރޭލުން ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާގެ ބަދަލު ހިފާނެ ކަމަށް ޔަމަންގެ އަސްކަރިއްޔާ ތަމްސީލުކުރާ ހޫޘީން ބުނެފިއެވެ. ހަމަލާ ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫޘީންގެ ފަރާތުން ބުނެފައިވަނީ އިޒްރޭލުގެ މި “އުދުވާނީ” ޢަމަލުގެ ބަދަލު ހިފުމަށް ފަސްޖެހުމެއް ނެތި އިޒްރޭލުގެ މުހިންމު ތަންތަނަށް ހަމަލާދޭނެ ކަމަށެވެ. މި ބައްދަލުވުމުގައި ހޫޘީން އިތުރަށް ބުނެފައިވަނީ އިޒްރޭލުގެ ބިމުގައި އޮތް ތެލް އަވީވްއަކީ ރައްކާތެރި ތަނެއް ނޫން ކަ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ފަންނުވެރިކަން ކުރިއަރުވަން ބަޖެޓުން 25 މިލިއަން ރުފިޔާ ދޭނަން: ރައީސް ރާއްޖޭގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަންނަ އަހަރުން ފެށިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުން ފަންނުވެރިންނަށް 25 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމެވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފިއެވެ. “އަންވެއިލިން ވިޝަން 2024” ގެ ނަމުގައި އާޓް ގެލަރީގައި ކުރިއަށް ގެންދިޔަ މައުރަޒު ބައްލަވާލެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ފަންނުވެރިކަމުގެ ދާއިރާގައި އުޅޭ މީހުންނާއި އެ ދާއިރާ އަށް ވަންނަން ޝައުގުވެރިވާ މީހުންނަށް މި ސަރުކާރުން ފުރުސަތު ހުޅުއްވައި ދެއ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ރައީސްގެ ތާއީދު ރައްޔިތުންގެ ތެރޭގައި ދަނީ ފަތުއަޑުކިޔާފައި އިތުރުވަމުން، ވޯޓުން ފެނުނީ އެކަން: އަބުދުއްރަހީމް މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވޯޓުގެ ނަތީޖާއަކީ ރައީސް މުޢިއްޒުގެ ތާއީދު ރައްޔިތުންގެތެރޭގައި ފަތުއަޑުކިޔާފައި އިތުރުވަމުން ދާކަމުގެ ސާފު ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރި ހަ ގޮނޑި ތެރެއިނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މިއަދު ބޭއްވި ބައި-އިލެކްޝަންގެ ހަ ގޮނޑީގެ ތެރެއިން ފަސް ގޮނޑި ޕީއެންސީ އަށް ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ފަސް ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިގޮތުން ޕީއެންސީން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑީގެ އިތުރުން ކާމިޔާބުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ. ޕީއެންސީ އަށް ކާމިޔާބު ނުވީ ހަމައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދު ކާމިޔާބުކޮށްފިއެވެ. މިއަދުގެ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ އުތުރު ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާކަން އަދި އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާން ނުކުރި ނަމަވެސް ވަގުތީ ނަތީޖާއަށް ބަލައި އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވެފައިވާތީ ޕީއެންސީން ވަނީ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދަށް މަރުޙަބާ ކިޔާފައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް ކެއާގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފި އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް ކެއާގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފިއެވެ. މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް އެންވައިރުމެންޓް ކްލައިމެޓް ޗޭންޖް އެންޑް އެނާޖީގެ ވެށި ގްރާންޓްގެ މާލީ އެހީގެ ދަށުން ހޯރަފުށީ ކްލަބް، އެފްސީ ފްރިގޭޓާގފަރާތުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މައިގަނޑު ތިންކަމެއް ކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެ ކަންތައްތަކުގެ ތެރޭގައި އިހަވަންދިއްޕޮޅުގައި އީ-ވޭސްޓް އުފެދޭ މިންވަރު ބެލުމަށް ބޭސްލައިން އެސެސްމެންޓެއް ހެދުމާއި، އިހަވަންދިއްޕޮޅުގެ ހޯރަފުށި މޮޅަދޫ އުލި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން