މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކުރީގެ ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލު ދޭކަށް ނުޖެހޭނެ: ސަރުކާރު

ކުރީގެ ރައީސް އިބޫގެ އެމެރިކާ ދަތުރުފުޅުގެ ތަފްސީލު ދޭކަށް ނުޖެހޭނެ: ސަރުކާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ނުކުރެވޭނެ ކަމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި […]

ހުސައިން ހަބީބް
ކުރީގެ ބައެއް ރައީސުން ކޯޓުތަކަށް ''އަތްބޭނި''، ރައީސް މުޢިއްޒު އެކަމެއް ނުކުރައްވާނެ: ލަތީފް

ކުރީގެ ބައެއް ރައީސުން ކޯޓުތަކަށް ''އަތްބޭނި''، ރައީސް މުޢިއްޒު އެކަމެއް ނުކުރައްވާނެ: ލަތީފް

ދިވެހިރާއްޖޭގެ ކުރީގެ ބައެއް ރައީސުން ކޯޓުތަކަށް ”އަތްބޭނި” ކަމަށާއި، ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމެއް ނުކުރައްވާނެ، ރައީސް މުއިއްޒު މަސައްކަތްޕުޅު ކުރައްވަނީ ކޯޓުތަކާމެދު ރައްޔިތުންގެ ގެއްލިފައިވާ އިތުބާރު ހޯދައިދިނުމަށް ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެން ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހި...

ޔުމްނާ ޢަލީ
ބިދޭސީން ވަޒީފާއަށް ގެނެސް އިހުމާލުވާ މީހުންގެ ލިސްޓެއް އާންމުކުރަނީ

ބިދޭސީން ވަޒީފާއަށް ގެނެސް އިހުމާލުވާ މީހުންގެ ލިސްޓެއް އާންމުކުރަނީ

ބިދޭސީން ވަޒީފާއަށް ދިވެހިރާއްޖެ ގެނެސް އިހުމާލުވާ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރަން ސަރުކާރުން ނިންމައިފިއެވެ. މިގޮތައް ނިންމާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު، އެފަރާތްތަކާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ ލިސްޓް އެކުލަވައިލައި އާންމުކުރުމަށް ނިންމެވުމުގެ އިތުރުން މިގޮތަށް ވަޒީފާދޭ ފަރާތުން އިހުމާލުވާނަމަ ޖޫރިމަނާކުރުމާއި، އެފަފަ ޢަމަލުތައް ތަކުރާރުވާނަމަ އިތުރު ފިޔަވ...

ޔުމްނާ ޢަލީ
އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 60 ލާރި ބަހަން ފާސްކޮށްފި

އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 60 ލާރި ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައެވެ. މިގޮތަށް ފާސްކުރީ އެ ކުންފުނީގެ ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. ހިއްސާދާރުންނަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. އެ ކުންފުނިން މިދިޔަ ދެ އަހަރު ވެސް ހިއްސާއަކަށް ބަހާފައި ވަނީ […]

އަޙްމަދު ވަހީދު
ނައިޖީރިއާއިން މެޓާ 220 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފި

ނައިޖީރިއާއިން މެޓާ 220 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފި

ނައިޖީރިއާގެ ފެޑެރަލް ކޮމްޕެޓިޝަން އެންޑް ކޮންސިއުމަރ ޕްރޮޓެކްޝަން ކޮމިޝަން (އެފްސީސީޕީސީ) އިން ފޭސްބުކުގެ މައި ކުންފުނި މެޓާ، 220 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކޮށްފިއެވެ. މިޖޫރިމަނާ ކޮށްފައިވަނީ ޑޭޓާ ޕްރޮޓެކްޝަން އަދި ކޮންސިއުމަރ ރައިޓްސް ޤާނޫނުތަކާ ޚިލާފުވުމުގެ ސަބަބުންނެވެ. މެޓާއިން ނައިޖީރިއާގެ ރައްޔިތުންގެ ޑޭޓާ ހުއްދަނެތި ހިއްސާކުރުމާއި، ރައްޔިތުންނަށް އެމީހުންގެ ޑޭޓާ ބޭނުންކުރާނެ ގޮތް ކަނޑައެޅުމުގެ ހައްޤު ނުދިނުމާއި، ތަފާތުކުރުންތަކެއް ގެންގުޅުމާއި، މާކެޓުގައި އޮންނަ ބާރުގެ ނާޖާއިޒު ފައި...

އަޙްމަދު ދާއޫދު
މުޒާހަރާތައް ހޫނުވުމުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަޒީފާގެ ކޯޓާގެ ބޮޑުބައެއް އުވާލައިފި

މުޒާހަރާތައް ހޫނުވުމުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަޒީފާގެ ކޯޓާގެ ބޮޑުބައެއް އުވާލައިފި

ޔުނިވަރސިޓީތަކުގެ ދަރިވަރުން އިސްކޮށްތިބެ ބަނގުލާދޭޝްގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ އެންމެފަހުން ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަޒީފާގެ ކޯޓާގެ ބޮޑުބައެއް އުވާލައިފިއެވެ. ކޯޓުން ނިންމި ގޮތުން 1971 ވަނަ އަހަރު ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް މިހާރު ރިޒާވް ކުރެވޭނީ ސަރުކާރު ވަޒީފާތަކުގެ އެންމެ ފަހެއް އިން ސައްތަ އެވެ. ބަންގްލަދޭޝްގެ ލޯ މިނިސްޓަރ އަނީސުލް ހައްގު ވިދާޅުވީ، ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. ކޯޓުގެ މި ނިންމުމަށް މުޒާހ...

އަޙްމަދު ދާއޫދު
ޣައްޒާގައި ޕޯލިއޯ ފެތުރުމުގެ ނުރައްކާ އިތުރުވެއްޖެ

ޣައްޒާގައި ޕޯލިއޯ ފެތުރުމުގެ ނުރައްކާ އިތުރުވެއްޖެ

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާގައި ޕޯލިއޯ ބަލި ފެތުރުމުގެ ނުރައްކާ އިތުރުވެއްޖެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ހާމަކޮށްފައެވެ. ޑަބްލިއުއެޗްއޯ އިން މަޢުލޫމާތު ދިންގޮތުގައި ޣައްޒާގެ ހެލްތު މިނިސްޓްރީއާ ގުޅިގެން ނަރުދަމާ ނިޒާމުން ބޭރުވާ ނަޖިސް ފެނުގެ ސާމްޕަލްތަކެއް ނަގައި ޓެސްޓު ކުރުމުން ޕޯލިއޯއަށް މަގުފަހިކުރާ ވައިރަސް ފެނިފައިވެއެވެ. މިގޮތުން ފާއިތުވި މަހުގެ 23 ވަނަ ދުވަހު ޣައްޒާގެ 6 ސަރަޙައްދަކުން ނެގުނު ސާމްޕަލްތަކުން ޕޯލިއޯ ވައިރަސް ޓައިޕް 2 (ވީޑީޕ...

އަޙްމަދު ދާއޫދު
ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯއިން ވަރާން ގެންދަނީ

ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯއިން ވަރާން ގެންދަނީ

އިޓާލިއަން ސީރިއާ އޭއަށް ޕްރޮމޯޓްވެފައިވާ ކޯމޯއިން ކުރިއަށ އޮތް ސީޒަނަށް އެ ޓީމް ވަރުގަދަ ކުރުމަށް ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރ ރަފެއިލް ވަރާން ގެންދިޔުމުގެ ހުރިހާކަމެއް ފައިނަލްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ކޯމޯއަކީ މިދިޔަ ސީޒަންގައި އިޓަލީގެ ދެވަނަ ޑިވިޝަންގައި ވާދަކުރި ޓީމެކެވެ. ކުރިން އާސެނަލްއަށާއި ބާސެލޯނާއަށް ވެސް މޮޅަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރ ސެސް ފެބްރިގާސް އެ ޓީމުގެ ކޯޗުކަމާއި ހަވާލުވެ، ލީގުގެ ދެވަނަ ހޯދައިދީ އިޓާލިއަން ލީގުގެ އެއްވަނަ ޑިވިޝަނަށް ވަނީ ޕްރޮމޯޓ...

އިބްރާހިމް ޚަލީލް
ބައިޑެން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމައި، ކަމާލާ ހެރިސްއަށް ތާއީދު ކޮށްފި

ބައިޑެން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމައި، ކަމާލާ ހެރިސްއަށް ތާއީދު ކޮށްފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން، މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރާނެކަމަށް އިޢުލާނުކޮށް ފަހަތައް ޖެހިވަޑައިގ،ެ އޭނާގެ ނައިބު ރައީސް ކަމާލާ ހެރިސްއަށް ތާއީދު ކުރައްވައިފި އެވެ. ބައިޑެން ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލާނެކަމަށް ނިންމާ ބަޔާނެއް ނެރުއްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރު އޭނާގެ މަސައްކަތްތައް އަމާޒުކުރައްވާނީ ދައުރު ނިމެންދެން ރައީސްކަމުގެ ވާޖިބުތައް އަދާކުރެއްވުމަށް ކަމަށެވެ. މި ބަޔާން ނެރެފައިވަނީ، ޑިމޮކްރެޓިކް ޕާޓީގެ އިސް ފަރާތްތަކަކުން “ބަޣާވާތެއް...

އަޙްމަދު ދާއޫދު
''ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރާނަން''

''ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރާނަން''

ކުޅިވަރުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ވިދާޅުވީ “ޕެރިސް 2024 އޮލިމްޕިކްސް” ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައ...

ޔުމްނާ ޢަލީ
މާއުނގޫދޫގައި ކަރަންޓަށް އަހުލުވެރި ކުރުމަށް ވޯކްޝޮޕެއް

މާއުނގޫދޫގައި ކަރަންޓަށް އަހުލުވެރި ކުރުމަށް ވޯކްޝޮޕެއް

ށ.މާއުނގޫދޫގައި ކަރަންޓަށް އަހުލުވެރި ކުރުމުގެ ގޮތުން “އިލެކްޓިރިކަލް އެޕްލިއަންސް ސޭފްޓީ ވޯކްޝޮޕް” ނަމުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕަކީ އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން، އެ ރަށު ކައުންސިލާއި ފެނަކަ އިންސިޓިޔުޓް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ވޯކްޝޮޕެކެވެ. ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި މި ވޯކްޝޮޕްގައި 35 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕް ފަރުމާކޮށްފައި ވަނީ ދެ ބަޔަކަށެވެ. އެއީ ތިއަރީ ބަޔާއި ޕްރެކްޓިކަލް ބައެވެ. މި ވޯކް...

އިބްރާހިމް ޚަލީލް
ކާނާ ވިހަވެގެން އައިސީޔޫގައި ތިބި ދެ ދަރިވަރުންވެސް ވޯޑަށް ބަދަލުކޮށްފި

ކާނާ ވިހަވެގެން އައިސީޔޫގައި ތިބި ދެ ދަރިވަރުންވެސް ވޯޑަށް ބަދަލުކޮށްފި

ކާނާ ވިހަވެ ހާލު ސީރިއަސްވުމާ ގުޅިގެން އައްޑޫ އިކުއަޓޮރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ. އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ވަނީ ފަރުވާދީފައެވެ. އޭގެތެރެއިން 2 ދަރިވަރުން ފިޔަވާ އެންމެން ވަނީ ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައެވެ. އެ ދެ ދަރިވަރުންނަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ ދަރިވަރުންގެ...

އަޙްމަދު ވަހީދު
ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާ އަދަބެއް

ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާ އަދަބެއް

ޝަރުއީ ދާއިރާގެ އިސް މަގާމެއްގައި ހުރެ ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މީހަކު މުޖުތަމައުއަށް ހިދުމަތް ކުރުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ހެޑްގެ މަގާމުގައި ކުރިން ހުރި ހައިލަމް މުހައްމަދުގެ މައްޗަށް ރިޝްވަތާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ […]

ހުސައިން ހަބީބް
ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އެމީހާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫ...

ޔުމްނާ ޢަލީ
އަށް ޓީމާއިއެކު ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފެށުން އޮގަސްޓް 5 ވަނަ ދުވަހު

އަށް ޓީމާއިއެކު ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފެށުން އޮގަސްޓް 5 ވަނަ ދުވަހު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތް އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ. މި އަހަރުގެ މުބާރާތުގައި އަށް ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކުގެ ތެރޭގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި، އެންމެ ފަހުގެ ރަނަރަޕް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހިމެނެއެވެ. މީގެއިތުރުން ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ކުޅުދުއްފުށީގައި ހިންގާ މާއްޓޭ އެކަޑަމީގެ ޓީމެއް ހިމެނެއެވެ. [...

އިބްރާހިމް ޚަލީލް