މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް ރައްޔިތަކު ހޯދުމަށް ފުލުހުން އިޢުލާންކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ 23 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ ނަމަކަށް ކިޔާ ޒުވާނެކެވެ. ޓަފްޖޮލް މިޔާ ހޯދަމުންދަނީ 2024 ޖުލައި 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކ...

އިބްރާހިމް އަސްވާޤް
އެންމެ ދިގު އާޔަތް، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރައްވާ!

އެންމެ ދިގު އާޔަތް، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރައްވާ!

ޤުރްއާނުގައި އޮތް އެންމެ ދިގު އާޔަތަކީ ބަޤަރާ ސޫރަތުގެެ 282 ވަނަ އާޔަތެވެ. މިއާޔަތަކީ ދަރަނީގެ އާޔަތެވެ. މިއީ ޤުރްއާނުގައި އޮތް އެންމެ ދިގު އާޔަތެވެ. މިއާޔަތް ބާވައިލެއްވުނީ މާލީ ޙައްޤުތައް ކަނޑައަޅުއްވައި، މީސްތަކުންގެ މުދާ ނުޙައްޤުން ކެއުމުގެ ޖަރީމާގެ ބޮޑުކަން ބަޔާން ކުރެއްވުމަށެވެ. ތިރީގައި މި ހިއްސާކޮށްލަނީ މި އާޔަތުގެ މާނައާއި އެ އާޔަތުގެ ތަފްސީރެވެ. ތަފްސީރު ނަގާފައިވާނީ اَلتَّفْسِيْرُ الْوَاضِحُ الْمُيَسَّرُ “ބަޔާން ވެގެންވާ ފަސޭހަ ތަފްސީރު” ގެ ދިވެހި ތަރުޖަމާ އިންނެވެ. يَا أَيُّهَا الَّذ...

Thiladhun
އައިސީޖޭގެ ލަފަޔާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އައުވެއްޖެ: ރައީސް

އައިސީޖޭގެ ލަފަޔާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އައުވެއްޖެ: ރައީސް

ހައްދުފަހަނާއަޅާފައިވާ އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކާގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު ލަފަޔާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިތުރަށް އައުވެއްޖެކަމަށް ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބަޔާންކޮށް، ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމް އަދި ޣައްޒާގެ އޮކިއުޕޭޝަން ވީހާވެސް އަވަހަކަށް ނިންމުމަށް ގެނައުމަށް އިސްރާއީލަށް ގ...

ޔުމްނާ ޢަލީ
އަނެއްކާ ވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައިފި

އަނެއްކާ ވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައިފި

އަނެއްކާ ވެސް މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ. މާލޭ އަމީނީ މަގުގައި ހުންނަ އެ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފަތިހު ވެސް ވަނީ ތަޅާލާފައެވެ. ފުލުހުން މިއަދު ބުނީ، ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ރޭ ފަތިހު 4:32 ހާއިރު، ގާބުރިއަކުން ޖަހާ ތަޅާލާފައިވާ ކަމަށް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މި މައްސަލަ ބަލަމުން އަންނަކަމަށް […]

ޔުމްނާ ޢަލީ
މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

މިފްކޯގެ އިސްވެރިންގެ މުސާރަ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

މިފްކޯއިން، އެ ކުންފުނީގެ އިސްވެރިންގެ މުސާރަ ކުޑަކުރުމަށާއި ޕާފޯމަންސް ދަށް މުވައްޒަފުން ވަޒީފާ އިން ވަކިކޮށް، ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ. މިފްކޯގެ ސީއެފްއޯ އިލްޔާސް ހަނީފް ސޮއިކުރައްވައި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި މެމޯގައި ބުނީ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އަދި މިފްކޯ ގުޅިގެން އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ “މިފްކޯ އެފިޝަންސީ އެކްސަސައިޒް”ގެ ދަށުން ބައެއް ފިޔަވަޅުތައް އަޅަން އެ ކުންފުނީގެ ޑިރ...

އަޙްމަދު ވަހީދު
ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ވިނާސްއަށް

ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ވިނާސްއަށް

ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބޭއްވި “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024” ގެ ޗެމްޕިއަންކަން ވިނާސް ޓީމުން ހޯދައިފިއެވެ. އިއްޔެ ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވިނާސްއާއި ޓީމް ކަމަނަ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތް ކާމިޔާބުކުރީ ވިނާސްއެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ ( 25/19، 25/23، 10/25، […]

އިބްރާހިމް ޚަލީލް
''އަޒުމަކީ މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުން''

''އަޒުމަކީ މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުން''

އަޒުމަކީ ދިވެހި މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރުންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މަސްތުވާތަކެތީގެ މައްސަލައާ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އަދި ގޭ...

ޔުމްނާ ޢަލީ
ހުކުރު ދުވަހު ދުނިޔޭގެ އައިޓީ ނިޒާމުތަކަށް ދިމާވި މައްސަލަ އަލުން ތަކުރާރުވެދާނެކަމުގެ އިންޒާރު ދީފި

ހުކުރު ދުވަހު ދުނިޔޭގެ އައިޓީ ނިޒާމުތަކަށް ދިމާވި މައްސަލަ އަލުން ތަކުރާރުވެދާނެކަމުގެ އިންޒާރު ދީފި

ހުކުރު ދުވަހު ދުނިޔޭގެ އައިޓީ ނިޒާމުތަކަށް ދިމާވި މައްސަލަ އަލުން ތަކުރާރުވެދާނެކަމުގެ އިންޒާރުދީފިއެވެ. ހުކުރު ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިޓީ ނިޒާމުތަކަށް ދިމާވި މައްސަލައަކީ ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކާއި މައިކްރޯސޮފްޓްގެ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމާ ދެމެދު އުފެދުނު ފުށުއެރުމެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވަނީ ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި މީޑިއާތަކުން ހާމަކޮށްފައެވެ. މި ހާދިސާއިން ދައްކައިދެނީ މަދު ކުންފުނިތަކެއްގެ މައްޗަށް މުހިންމު ސޮފްޓްވެއަރތަކަށް ބަރޯސާވުމުގެ ނުރައްކ...

އަޙްމަދު ދާއޫދު
ބަންގްލަދޭޝްގެ މުޒާހަރާ ތެރޭން ޖަލަކަށް ވަދެ، ގައިދީން ތަކެއް ދޫކޮށްލައިފި

ބަންގްލަދޭޝްގެ މުޒާހަރާ ތެރޭން ޖަލަކަށް ވަދެ، ގައިދީން ތަކެއް ދޫކޮށްލައިފި

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން، އެ ގައުމުގެ މެދުތެރޭގައި އޮންނަ ނަރްސިންގްދީ ޑިސްޓްރިކްޓްގެ ޖަލަކަށް މުޒާހަރާގެ ބައިވެރިން ވަދެ، އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލުމަށްފަހު އެ ޖަލުގައި އަލިފާން ރޯކޮށްލައިފިއެވެ. “ގައިދީން ޖަލުން ފިލައިގެން ދިޔުމަށްފަހު، މުޒާހަރާގެ ބައިވެރިން ވަނީ ޖަލުގައި އަލިފާން ރޯކޮށްލާފައި،” ނަން ހާމަނުކުރުމުގެ ޝަރުތުގެ މަތިން އޭއެފްޕީއާ ވާހަކަދެއްކެވި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ. ނަރްސިންގްދީ ޑިސްޓްރިކްޓްގެ ސަރުކާރުގެ އިސް އޮފިޝަލް މޫޝުމ...

އަޙްމަދު ދާއޫދު
ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލު ރައީސް ހާމަކުރައްވައިފި

ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލު ރައީސް ހާމަކުރައްވައިފި

ކައުންސިލްތަކު މެންބަރުންގެ އަދަދަށް ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލާއިގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބައެއް ވިސްނުންފުޅުތައް ރޭ ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރަށްވާފައި ވަނީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. ކައުންސިލުތަކުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޚަރަދުކުޑަކޮށް އެންމެ ރަނގަޅަށް ޚިދުމަތްދިނުމަށްޓަކައި ރަށްރަށުގެ ކައުންސިލަރުންގެ ޢަދަދަށް ބަދަލުގެންނަންޖެހޭކަމަށ...

ޔުމްނާ ޢަލީ
އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ޢަމަލެއް: އައިސީޖޭ

އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ޢަމަލެއް: އައިސީޖޭ

އިސްރާއީލުން ފަލަސްތީނު ބިންތައް ހިފުމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފިއެވެ. އައިސީޖޭއިން ވަނީ ވެސްޓް ބޭންކާއި އީސްޓް ޖެރޫސަލަމް އަދި ޣައްޒާގެ އޮކިއުޕޭޝަން ވީހާވެސް އަވަހަކަށް ނިންމުމަށް ގެނައުމަށް އިސްރާއީލަށް ގޮވާލާފައެވެ. ކޯޓުން ވަނީ އޮކިއުޕައިޑް ޓެރިޓަރީސްގައި އިސްރާއީލުން ކުރަމުންދާ ސެޓްލްމަންޓް ހަރަކާތްތައް ހުއްޓާލުމަށާއި އެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އިސްރާއީލީ ރައްޔިތުން އެތަނުން ނެރުމަށް އިސްރާއީލަށް ގޮވާލާފައެވެ. އަދި 2005 ވ...

އަޙްމަދު ދާއޫދު
ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ''ނާރެސް'' ޕޯޓަލް އިފްތިތާހްކޮށްފި

ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ''ނާރެސް'' ޕޯޓަލް އިފްތިތާހްކޮށްފި

ލޯކަލް ކައުންސިލްތައް މެދުވެރިކޮށް ވެސް އައިޑީކާޑުގެ ޚިދުމަތް ހޯދޭ ”ނާރެސް” ޕޯޓަލް ރޭ އިފްތިތާހްކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ “ނާރެސް ޕޯޓަލް” އަދި “އޮޕަރޭޝަން ކުރަނގި” ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ނާރެސްޕޯޓަލަކީ އެޕޯޓަލް މެދުވެރިކޮށް އައިޑީކާޑް ހެދުމާއި އައިޑީކާޑު އެޕްލިކޭޝަންގެ ސްޓޭޓަސް ބެލުމާއި އަދި މާލެއެކޭ އެއްގޮތަށް ރަށްރަށުގެ ކައުންސިލުތަކުންވެސް އައިޑީކާޑު ދޫކުރެވޭނެ އިންތިޒާމު...

ޔުމްނާ ޢަލީ
މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހެއްގެ މައްސަލަ އެ އިދާރާއަށް އިއްޔެ ހުށަހެޅުނު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަވެއެވެ. އުމުރުން 46 އަހަރުގެ މި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް […]

ޔުމްނާ ޢަލީ
ސްޕެއިންގެ ކެޕްޓަން މޮރާޓާ މިލާނަށް ބަދަލުވެއްޖެ

ސްޕެއިންގެ ކެޕްޓަން މޮރާޓާ މިލާނަށް ބަދަލުވެއްޖެ

ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ސްޕެއިންއަށް ހޯދައިދިން ކެޕްޓަން އަލްވާރޯ މޮރާޓާ، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ. އުމުރުން 31 ފޯވާޑް މިލާނަށް ބަދަލުވެފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މޮރާޓާ ޕްރޮފެޝަނަލް ފުޓްބޯލް ކެރިއާ ފަށާފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އެއަށްފަހު އޭނާ ވަނީ އިޓަލީގެ ޔުވެންޓަސްގެ އިތުރުން ޗެލްސީއަށް ވެސް ކުޅެފައެވެ. އޭނާ ރެއާލާއިއެކު ޗެމްޕިއަންސް ލީގު ދެފަރު ވަނީ ކާމިޔާބު ކޮށްފައެވެ. މީ...

އިބްރާހިމް ޚަލީލް
މީހަކު ރަހީނުކުރި މައްސަލައެއް، ތިން މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކުރި މައްސަލައެއް، ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި އަދި 30 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރު...

ޔުމްނާ ޢަލީ