ރާއްޖެ ރައްޔިތުންނަށް ޚިދުމަތްދެނީ ނަޒާހަތްތެރިކަމާއެކުކަން ކަށަވަރުކުރާނަން: އިހްސާން ޔުނީފޯމް އަޅައިގެން ޚިދުމަތްދޭ ކޮންމެ އޮފިސަރަކީ ރައްޔިތުންނަށް ނަޒާހަތްތެރިކަމާއެކު ޚިދުމަތްދޭ އޮފިސަރެއްކަން ކަށަވަރުކުރަށްވާނެކަމަށް ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ދާޚިލީ ވަޒީރު އިހްސާން މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 134 އަހަރު ފުރުމާއި ގުޅިގެން ދިދަ ނެގުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ދާޚިލީ ވަޒީރުގެ ވާހަކާގައި ވަނީ ކަސްޓަމްސްގެ ޚިދުމަތަކީ ދިނުމަށް ފަސޭހަ ޚިދުމަތެއް ނޫންކަން ފާހަގަކުރައްވާފައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނީ، އަރބަން ސެންޓަރުތަކެއް ޤާއިމްކޮށްގެން: ޢަބްދުއްރަޙީމް މާލެ ތޮއްޖެހެމުންދާ ދިއުމަށް ނިމުމެއް ގެނެވޭނީ، އަރބަން ސެންޓަރުތަކެއް ޤާއިމްކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ، މިފަދައިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އަރބަން ސެންޓަރުތަކެއް ޤާއިމުކޮށް، މާލެއާ އެއްފެންވ... އަލީ އާދިލް · 2 އަހަރު ކުރިން
ކޮލަމް އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސަކީ ތައުޙީދެވެ. އިސްލާމްދީން އެ އަސާސެއްގެ މައްޗަށް ބިނާވެފައިވާ އަސާސަކީ ތައުޙީދުކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ތައުޙީދެވެ.” ތިރީގައި މި ހިއްސާކޮށްލަނީ މިއަދުގެ ޚުޠުބާގެ ހުލާސާ އެކެވެ. އިސްލާމްދީނުގެ އަސާސަކީ ތައުޙީދެވެ. އެއީ އެންމެ ފުރަތަމަ ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތަކެވެ. އަދި، އެންމެހައި ޖިންނީންނާއި އިންސީން އެ ކަމަކަށް ޓަކައި ހެއްދެވުނު މަޤްޞަދެވެ. މާތްﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއް... Thiladhun · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިއަދު ކުޅުދުއްފުށި ސިޓީގައި އެ ކުންފުނީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މުނާސަބަތުގައި އެ ސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އަލްފާޟިލް ޠާރިޤް އިބްރާހީމް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް މުޖުތަބާ ޖަލީލް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ވިޔަފާރި އެމްޑަބްލިޔުއެސްސީއިން ނަރުދަމާ ޕަމްޕް ސްޓޭޝަންތަކުގައި ވައި ސާފުކުރާ ނިޒާމު ގާއިމުކުރަން ފަށައިފި މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތަކުން ވަސްދުވުން ހުއްޓުވުމަށް، އެތަންތަނުގައި ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ގާއިމުކުރި ނިޒާމު އޮޕަރޭޓްކުރަން އިއްޔެ ވަނީ ފަށާފައެވެ. އޮޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފަށާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުންނަ 4 ނަމްބަރ ޕަމްޕް ސްޓޭޝަންގައެވެ. މި ނިޒާމ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ކުޅިވަރު ފްރާންސްގެ ޒުވާން ޑިފެންޑަރ، ޔޯރޯ ޔުނައިޓެޑަށް ފްރާންސް ލީގުގެ ލިލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރ ލެނީ ޔޯރޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ. އުމުރުން 18 އަހަރުގެ ޔޯރޯ ޔުނައިޓެޑަށް ސޮއިކޮށްފައި މިވަނީ 62 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްވަސްވުމެކެވެ. ބޭނުން ވެއްޖެ ހާލަތެއްގައި އެއްބަސްވުމަށް އެއް އަހަރު ދުވަސް އިތުރުކުރެވޭ މާއްދާ ހިމަނާފައިވާއިރު، އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުނަ ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނިމިދިޔ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “އިހަވަންދޫ ކައުންސިލް ކަޕް 2024” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިހަވަންދޫއަށް ނިސްބަތްވާ ޓީމްތަކަށް އެކަންޏެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އަންނަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ''ދެން އޮތް ދުނިޔެ މާ މުހިންމު، މުސްލިމެއްކަން އަބަދުވެސް ހަނދާން ހުންނަންޖެހޭނެ'' ކޮންމެ ޤައުމެއްގައި ހުއްޓަސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ ކަމަށާއި، އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޖިރޯނާގައި މޮޅަށް ކުޅުނު ސަވީނިއޯ ސިޓީއަށް ސޮއިކޮށްފި މިދިޔަ ސީޒަންގައި ސްޕެނިޝް ލަލީގާގެ ޖިރޯނާގައި މޮޅަށް ކުޅުނު ބްރެޒިލްގެ ވިންގަރ ސަވީނިއޯ، މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެއެވެ. އުމުރުން 20 އަހަރުގެ ސަވީނީއޯ ސިޓީއަށް ބަދަލުވެފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން، 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އޭނާ ސިޓީއާއިއެކު އެކުލަވާލި އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސަވީނިއޯގެ ސީނިއާ ކެރިއާ ފަށާފައި ވަނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯއިންނެވެ. އެއަށްފަހު 2022 ވަނަ އަހަރު އޭނާ ބަދަލުވީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ބަރުދަނުގައި އެންމެ 22 ގްރާމް ހުންނަ 4 ޓީބީގެ ހާޑް ޑިސްކެއް ތަޢާރަފުކޮށްފި ދުނިޔޭގެ އެންމެ މަޝްހޫރު އެސްއެސްޑީ އުފައްދާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއް ކަމަށްވާ ޓީމް ގްރޫޕުން ބަރުދަނުގައި އެންމެ 22 ގްރާމް ހުންނަ އައު މިނި އެކްސްޓަރނަލް އެސްއެސްޑީއެއް ތަޢާރަފުކޮށްފިއެވެ. މި އެސްއެސްޑީގައި 4 ޓެރަބައިޓުގެ ސްޓޯރޭޖް ހިމެނެއެވެ. ޕީޑީ20 މިނި އެކްސްޓަރނަލް އެސްއެސްޑީގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި އާ އެސްއެސްޑީއަކީ އެންމެ ރަނގަޅު ޕޯޓަބަލް އެސްއެސްޑީތަކުގެ ވާދަވެރި މާކެޓަށް ޓީމް ގްރޫޕުން ތަޢާރަފުކޮށްފައިވާ އުފެއްދުމެކެވެ. މި އެސްއެސްޑީއަކީ މެކްބުކް ޕްރޯއާއެކު ބޭނުންކުރުމ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕަށް އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް: ތުރުކީ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް ކަމުގައި ތުރުކީ ރައީސް ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މިހެން ވިދާޅުވެފައިވަނީ ޓްރަމްޕާއެކު ފޯނުން ދެއްކެވި ވާހަކަފުޅުތަކެއްގައި ކަމަށް ތުރުކީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރޭޓުން ބުރާސްފަތި ދުވަހު ބުނެފައިވެއެވެ. އުރުދުޣާނާއި ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވަނީ ހޮނިހިރު ދުވަހު އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގައި ބޭއްވުނު ރެލީއެއްގައި ޓްރަމްޕަށް އަމާޒުކޮށް އަވަހާރަކޮށ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި އދ.ސްކޫލަކަށާއި ރެފިއުޖީ ކޭމްޕަކަށް އިސްރާއީލުން ހަމަލާދީފި ޣައްޒާ ސިޓީގައި ހުރި އދގެ ސްކޫލަކަށް އިސްރާއީލުގެ ސިފައިން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން ފަލަސްތީނު 2 ރައްޔިތަކު މަރުވެއްޖެއެވެ. މިއީ ފަހުގެ ދުވަސްތަކުގައި އިސްރާއީލުން ހަމަލާދިން 9 ވަނަ އދ ސްކޫލެވެ. މި ހަމަލާގައި މަރުވި މީހުންނަކީ އެތަނުގައި ހިމާޔަތް ހޯދަމުން ދިޔަ ގެދޮރުގެއްލިފައިވާ މީހުންނެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކުރި ގޮތުގައި، މެދު ޣައްޒާގައި ހުރި ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ގެއަކަށް އިސްރާއީލު ސިފައިން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން 5 މީހުން މަރުވެފައިވެއެވެ. 24 ގަޑިއިރުގެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ރައީސް ދެއްވާ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް ރައީސް ދެއްވާ ސްކޮލާޝިޕާއި، ސަރުކާރުންދޭ ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް ދީފިއެވެ. މަތީ ސާނަވީ އިމްތިހާނުތަކުގެ 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދައިގެން މި ސްކޮލާޝިޕްތައް ހާސިލްކުރި ދަރިވަރުންނަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބުނީ 19 ދަރިވަރަކަށެވެ. އޭގެ އިތުރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ތައިލެންޑަށް ދާ ދިވެހިންގެ ވިސާ އަށް ލުޔެއް ތައިލެންޑަށް ދަތުރުކުރާ ދިވެހިންގެ ވިސާއަށް އިތުރު ލުޔެއް ދިނުމަށް އެ ޤައުމުން ނިންމާފައިވާކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. ދިވެހި ޚާރިޖިއްޔާއިން ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 ޖުލައި 2024 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން، ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާއުނގޫދޫގައި، ވިޔަފާރި ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވޯކްޝޮޕެއް ށ.މާއުނގޫދޫގައި، ވިޔަފާރިތައް ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ކޯޕްޝޮޕަކީ މާއުނގޫދޫ ކައުންސިލާއި، ރިއަލްޓީ ކޮންސަލްޓަންސީ މޯލްޑިވްސް ގުޅިގެން ކުރިޔަށް ގެންދިޔަ ވޯކްޝޮޕެކެވެ. މާއުނގޫދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، އެ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން